އެޑްމިޓް ކުރާ ފަރާތްތައް ކޮވިޑަށް ފައްސިވާތީ ޑރ.މުޙައްމަދު އަލީގެ އިންޒާރެއް

އެދުމަތި ކުރެވިގެންއެކި ބަލިތަކަށް ފަރުވާ ދޭ މީހުންގެ ތެރޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާތީ އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު،ޑރ. މުޙައްމަދު އަލީ އިންޒާރު ދެއްވައިފިއެވެ.
ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުވާތީ ސަމާލުވުމަށް އެޗްޕީއޭއިންވަނީ މި ހަފްތާ ތެރޭގައި އަންގާފައެވެ. އަދި އައިޖީއެމްއެޗަށް ޒިޔާރަތް ކުރާއިރު، މާސްކް އެޅުމަށް ވެސް ވަނީ އަންގާފައެވެ.
ޑރ. މުޙައްމަދު އަލީ ވިދާޅުވީ އެޑްމިޓް ކުރާ ގިނަ މީހުން ކޮވިޑަށް ފައްސިވަމުން އަންނަ ކަމަށާއި އޭގެ މާނަކީ މުޖުތަމުގެ ތެރޭގައި ބަލި އުޅޭ މިންވަރު އިތުރުވުން ކަމަށެވެ. އަދި ހޮސްޕިޓަލަށް ޒިޔާރަތް ކުރާނަމަ އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރެއްވިއެވެ.