ދުނިޔެ

ސައުދީ ހިމެނޭހެން ގަލްފްގެ ޤައުމުތަކުގައި ޔޯގާ ދުވަސް ފާހަގަކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެހީގައި ސައުދީ އަރަބިއްޔާއާއި ގަލްފްގެ ބައެއް ޤައުމުތަކުގައި ޔޯގާ ދުވަސް ފާހަގަކޮށްފިއެވެ.

Ads by Sosun Fihaara

ގަލްފްގެ ޤައުމުތަކަކީ އިންޑިއާގެ މީހުން ވަރަށް ގިނައިން އެކި މަސައްކަތުގައި ދިރިއުޅެމުން އަންނަ ޤައުމުތަކެކެވެ.

މި އަހަރަކީ އިންޑިއާގެ މިނިވަންކަމަށް 75 އަހަރު ފުރޭ އަހަރުކަމަށް ވެފައި މިދިޔަ އަހަރުތަކުގައި ކޮވިޑް-19 ސަބަބުން ޔޯގާ ދުވަސް ފާހަގަ ކުރުން މަޑު ޖެހިފައި އޮތުމުގެ ސަބަބުން މި އަހަރު އެހެން އަހަރުތަކާ ޚިލާފަށް ކުލަގަދަކޮށް ޔޯގާ ދުވަސް އެ ޤައުމުތަކުގައި ވަނީ ފާހަގަކޮށްފައެވެ.

ސައުދީގައި ޔޯގާ ދުވަސް ފާހަގަކޮށްފައި ވަނީ، އެ ޤައުމުގައި ހުންނަ އިންޑިއާ އެންބަސީގައެވެ. މި ހަރަކާތުގައި އިންޑިއާގެ މީހުންނާއި ސައުދީގައި އުޅޭ އެހެން ޤައުމުތަކުގެ ޑިޕްލޮމެޓުންނާއި ސައުދީގެ ބައެއް އާއްމުން ވަނީ ބައިވެރިވެފައެވެ.

ޔޫއޭއީގައި އެކި ސިޓީތަކުގައި ޔޯގާ ދުވަސް ފާހަގަކޮށްފައިވެއެވެ. ދުބާއީގައި އެ ގައުމުގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި މި ދުވަސް ފާހަގަ ކުރިއިރު، އަބޫ ދާބީގައި ޔޯގާ ދުވަސް ފާހަގަ ކުރީ ކްރިކެޓް ސްޓޭޑިއަމްގައެވެ. މި އިވެންޓްގައި ދުބާއީގެ މިނިސްޓަރ އޮފް ޓޮލަރެންސް އެންޑް ކޯއެކްސިސްޓެންސް ޝައިޚް ނަހްޔާން ބިން މުބާރަކް އަލް ނަހްޔާން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ޔޯގާއަކީ ހިންދޫ ދީނީ އަޅުކަމެއް ކަމަށް ބުނެ މިއީ ހަރާމް ކަމެއް ކަމަށް ގިނަ ދީނީ އިލްމުވެރިން ފަތުވާ ނެރުއްވައެވެ. އަދި އަނެއްބައި ދީނީ އިލްމުވެރިން ދެކިލައްވާ ގޮތުގައި ކަސްރަތު ކުރުމުގެ ނިޔަތުގައި ޔޯގާ ކުރުން ހުއްދައެވެ.

Ads by Ooredoo
  1. ޔޯގާ އަކީ ހުއްދަ އެއްޗެއް ކަމަށް މި މުޖުތަމައު އަށް ދައްކަން ވަރަށް ވަރުދައްކާ އެބަ މި ނޫހުންވެސް. ކީއްވެތަ އެހެން ގައުމުތަކުގަ ޤިޞާޞް ހިފާ ގޮތައް މިރާއްޖޭގަ އެކަން ނުކުރަނީ..ކިތަންމެ މުސްލިމުން ގިނަވެފަ މުސްލިމު ގައުމެއްގަ ކުރިޔަސް ހަރާމް ކަންތައް ވާނީ ހަރާމް ކަންތަކަށް…ކެރެންޔާ ޔޯގާ ހުއްދަ ކޮށްފަ ވާހަކަ ދެއްކި ދީނީ އިލްމުވެރިއެއްގެ ނަން ހިމަނާލަބަލަ.