ދުނިޔެ

ޕާކިސްތާނުގެ ސަރުކާރުގެ ރަސްމީ އެކައުންޓުން ޔޯގާގެ ފައިދާތަކުގެ ވާހަކަ

ޢާއިޝަތު އަރީނާ

މުސްލިމް މެޖޯރިޓީއެއް އޮންނަ ޕާކިސްތާނުގެ ސަރުކާރުގެ ރަސްމީ އެކައުންޓުން ޔޯގާގެ ފައިދާތަކާއި ގުޅޭ ގޮތުން ޓްވީޓްކޮށްފިއެވެ.

ޔޯގާއަކީ ހިންދޫ ދީނީ އަޅުކަމެއް ކަމަށް ބުނެ މިއީ ހަރާމް ކަމެއް ކަމަށް ގިނަ ދީނީ އިލްމުވެރިން ފަތުވާ ނެރުއްވައެވެ. އަދި އަނެއްބައި ދީނީ އިލްމުވެރިން ދެކިލައްވާ ގޮތުގައި ކަސްރަތު ކުރުމުގެ ނިޔަތުގައި ޔޯގާ ކުރުން ހުއްދައެވެ.

ޕާކިސްތާނުގެ ސަރުކާރުގެ ރަސްމީ އެކައުންޓުން ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ޔޯގާއަކީ ކުރުމުއްދަތުގައްޔާއި ދިގު މުއްދަތުގައި ވެސް ފައިދާ ކުރާނެ ކަމެއް ކަމަށެވެ. އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ޔޯގާއިން ފައިދާ ލިބޭ ކަމަށް ބުނެފައިވެއެވެެ.

ޕާކިސްތާނުގެ ސަރުކާރުގެ އެކައުންޓުން މިފަދަ ޕޯސްޓެއް ކުރުމާއި ގުޅިގެން ޕާކިސްތާނު އޮތީ އިންޑިއާ ދަށުވެފައި ކަމަށް ބައެއް ފަރާތަތްތަކުން ވަނީ ބުނެފައެވެ. ނަމަވެސް ޕާކިސްތާނުގެ ކުރީގެ ސަރުކާރުގެ ދުވަސްވަރުގައިވެސް ޔޯގާ ދުވަހާއި ގުޅިގެން ކުރި ޓްވީޓްތައް މީސްމީޑިއާގައި މިހާރު ވަނީ ވައިރަލް ވެފައެވެ.

ޔޯގާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޕާކިސްތާނުގައިވެސް ބައެއް ހަރަކާތްތައް ވަނީ ހިންގާފައެވެ. ނަމަވެސް ސަރުކާރުން އިސްނަގައިގެން ބޮޑު ހަރަކާތެއް ހިންގާފައެއް ނުވެއެވެ.

މުސްލިމް ބައެއް ޤައުމުތަކުގައި ޔޯގާ ދުވަސް މިއަހަރު ވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ. މީގެ ތެރޭގައި ގަލްފްގެ ބައެއް ޤައުމުތައް ހިމެނެއެވެ.

  1. މުހައްމަދު

    އައިޝަތު އަރީނާ އިންޑިއާ އެންބަސީއިން ކިހާވަރެއް ލިބޭ މީހެއް ކަލޭތީ. ކަލޭގެ މުނާފިގުކަން ހަމަ ބޮޑީ. ޝެއިހުން ދީނުގަ އެކަން އޮތްގޮތް ކިޔާދޭވަރަކަށް ތިދަނީ ރައްޔިތުން މަގުފުރައްދަމުން. ތީ ޒިންމާދާރު ނޫސްވެރިކަމަކީ. އެދުވަހުން ކަލޭވާނެ ތިކުރާ ނޫސްވެރިކަން ދިފާއު ކުރަން.

  2. މިދަނޑިވަޅުގަވެސް ޔޯގާ ރަނގަޅު ކަމަށް ދައްކަން ދޯ ތިއުޅެނީ…މިވެސް ވަރުގަދަ ދެްެް…ދެން އެއް

  3. ކަސްރަތު އޮންނަނީ ދެގޮތަކަށް
    އެއްގޮތަކީ އެރޯބިކް ކަސްރަތު، އަނެއްގޮތަކީ ޖިމް ގައި ކުރެވޭ ކަސްރަތު ޔޯގާ އަކީ ހުރިތާ ހުރެގެން ހަށިގަޑަށް މާބޮޑު އަރަކާތެއް ނުލިބޭ ގޮތަށް ހިންގާ ހަރަކާތެއް، އެޔަކުން ހަށިގަޑަށް މާބޮޑު އެކްސަސައިޒެއްވެސް ނުލިބޭނެ !