ޚަބަރު

ޔޯގާ ހަމަނުޖެހުން: ދީނީ އިލްމުވެރިޔާ ސެއިޚް ފަޒްލޫން ހައްޔަރަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފޮޓޯ: އަދަދު

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެ, ހަމަނުޖެހުން ހިންގި މައްސަލައިގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް މުހައްމަދު ފަޒްލޫން ހައްޔަރުކޮށްފިއެވެ.

Ads by Hajj Corporation

ޝައިޚް ފަޒްލޫން ހައްޔަރުކޮށްފައިވަނީ މިރޭގެ ވަގުތެއްގައެވެ. ފުލުހުން ދަނީ މި މައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލާ، ތަޙްޤީޤް ހިންގަމުންނެވެ.

މި މައްސަލައިގައި އިއްޔެ ހަ މީހަކު ހައްޔަރުކޮށްފައިވާއިރު، މިއަދު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިއަދު ހައްޔަރު ކުރި މީހުންގެ ތެރޭގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލް ވެސް ހިމެނެއެވެ.

މި މައްސަލައިގައި ޝައިޚް ފަޒްލޫން ހައްޔަރުކޮށްފައިވާއިރު، އިއްޔެގެ ހަމަނުޖެހުން ހިނމުގެ ކުރިން ދަނޑުގެ ބޭރުގައި ހަރަކާތް ހިންގިއިރު އެތަނުން ޝައިޚް ފެނިގެން ދިޔައެވެ.

ޔޯގާ އާ ދެކޮޅަށް ހިންގި ހަރަކާތުގައި ބައިވެރިވި ޝައިޚް އާދަމް ނިޝާން ވިދާޅުވެފައިވަނީ، ޒުވާނުން ދަނޑު ތެރެއަށް ވަދެގެންފައިވަނީ ހަރަކާތް ނިންމާލިކަން އިއުލާން ކުރި ފަހުން ކަމަށެވެ.

  1. ޢަބްދުﷲ

    ސަރުކާރުގ ނިމުމުގ ކަލޭމެނ އަމިއްލ އަށ ތިޖެހ ސިއްކަ

  2. ބުހުތާނު

    ކޮން މަޝްހޫރު ދީނީ އިލްމު ވެރިއެކޭ ތި ކިޔަނީ
    އެއީ މަޝްހޫރު ދީން ހަލާކު ކުރާ މުނާފިގުން