ޚަބަރު

ޒަމާން ދުއްވާލާނެކަމަށް ބުނެ މަޙްލޫފަށާއި އާއިލާއަށް އިންޒާރުދީފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފާއި އޭނާގެ އާއިލާގެ "ޒަމާން ދުއްވާލާނެ"ކަމަށް ބުނެ އިންޒާރު ދީފިއެވެ.

Ads by MWSC

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ބޭއްވި ހަރަކާތްތަކާ ގުޅިގެން މަޙްލޫފަށް މަރުގެ އިންޒާރު ދީފައި ވަނީ އޭނާގެ ކުރީގެ ނަންބަރަށް މީހަކު ފޮނުވި މެސެޖްތަކެއްގައެވެ.

މަހްލޫފަށް ދިން އިންޒާރުގައި ބުނެފައި ވަނީ ޔޯގާއަކީ ހަލާލު ކަމެއް ނޫން ކަމަށާއި އިންޑިއާގެ ޕަޕެޓަކަށް ވެގެން މަހްލޫފް ހަލާލް ކުރަނީ ބާތިލް ފިކުރެއް ކަމަށެވެ. އަބަދު މިނިސްޓަރު ކަމުގައި ނުހުރެވޭނެ ކަމަށާއި އަތުޖެހުމުން "ނޮޅާލީމުސް" ކަމަށް ބުނެފައިވެއެވެ.

"ކަލޭ އަތުޖެހުނު ނަމަ ނޮޅައިލީމުސް، މިއަދު ވެސް ކަލޭ ދުވެ ފިލީ. އަހަރުން ތިބީ ބަލަން. އަހަރެމެންގެ އަޚަކާ ނުވަތަ ޖަމިއްޔާއަކާ ފިޔަވަޅު އަޅާލިޔަސް ކަލެއާ ކަލޭގެ އާއިލާގެ ޒަމާން ދުއްވާލާނަން. އަބަދު މިނިސްޓަރު ކަމުގައި ނުހުރެވޭނެ،" އިންޒާރުގެ މެސެޖްގައިވެއެވެ.

އިންޒާރުގެ މެސެޖަށް ރައްދު ދެއްވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ "ތިޔަ ކަހަލަ ކޮހެއްގެ އަތުން މަރުވެއްޖެއްޔާ ޔަގީނުން ވެސް އަޅުގަނޑު ވާނީ ޝަހީދަކަށް" ކަމަށެވެ.

މަހްލޫފް ވިދާޅުވީ މިނިސްޓަރުކަމަކީ މާގަދަ ކަމެއްކަމަށް އިންޒާރު ދިން މީހާއަށް ގަބޫލުކުރެވުނު ނަމަވެސް މަގާމަކީ އޭނާއަށް އެއްވެސް މުހިއްމު ކަމެއް ނޫން ކަމަށެވެ.

"ބިރުދައްކައިގެން އެއްވެސް ނަތީޖާއެއް ހާސިލްނުވާނެ." މަޙްލޫފް ވިދާޅުވިއެވެ.

Ads by HDC
  1. މަރުތަޅު

    ާތާހިރު ވެއްޖެއެއްނޫ، ދީނީއިލްމުވެރީން އެއޮއްވަރަށް ޔޯގާނުބާއްވާށޭ ވިދާޅުވެ ވިދާޅުވެއޮއްވާ މާތްވެގެން އިސްލާދީނުގެ ހުރުމަތްކަނޑާ މިއޮއްނުބައި ފާހިޝް ކަންތައް ޔޯގާގެ ނުބައިފާހިޝް ކަންތައްގަނޑު ކޮށްފާ ތިމާއަށް ކުރެވުނު ކަންތައް ފޫބައްދަން އެހެންމީހުންގެ ބޮލުގާ ބޮޑެތި އިލްޒާމުތައް އަޅުވަން މަޚުލޫފު މި ފަށައިގަތީ ހާދަ ހީލަތްތެރި މަކަރުވެރ ހިޔަޅު ގޮތަކަށޭ ދޯ.