ދުނިޔެ

ޓެކްސް މާފު ނުކޮށްދީފި ނަމަ ޕާކިސްތާނަށް ބޭހުގެ ތަދެއް އަންނާނެކަމުގެ އިންޒާރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބޭސް އުފެއްދުމަށް ބޭރު ޤައުމުތަކުން އެތެރެކުރާ ރޯ މެޓީރިއަލްސްއިން ނަގާ ޓެކްސް އުވައިލާން ސަރުކާރަށް ޑިމާންޑްކޮށް އެކަން ނުކޮށްފި ނަމަ ޕާކިސްތާނަށް ބޭހުގެ ތަދުމަޑު ކަމެއް އައިސްފާނެ ކަމަށް ޕާކިސްތާން ފާމަސިއުޓިކަލް މެނުފެކްޗަރސް އެސޯސިއޭޝަން (ޕީޕީއެމްއޭ)އިން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

ޕީޕީއެމްއޭއިން ވިދާޅުވީ މިހާރު ވެސް ކޮންމެހެން ބޭނުންވާ 40 ވައްތަރެއްގެ ބޭސް މާރުކޭޓްގައި މަދުވެފައިވާ ކަމަށާއި އަދި އެ އަދަދު 100އަށް އެރުމުގެ ބިރު އެބައޮތް ކަމަށެވެ.

ފުރާނަ ސަލާމަތްކުރާ ބޭސް ހިމެނޭ ގޮތަށް 40 ވައްތަރެއްގެ ބޭހެއް މަދުވެފައިވާތީ، އެ ބޭހުގެ އެދުން ބަލައިނުގަނެފި ނަމަ އިތުރު 100 ވައްތަރެއްގެ ބޭހެއް ލިބޭނެ ކަމުގެ ބިރު އޮވެއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ރޯ މެޓީރިއަލްތަކުން ނަގާ ޓެކްސް އުވައިލާން. ތަކެތީގެ އަގު ބޮޑުވުމާ އެކު ބޭސް އުފެއްދުމަށްދާ ޚަރަދު މިހާރު ވަނީ ވަރަށް މައްޗަށް ގޮސްފައި" ޕީޕީއެމްއޭގެ ޗެއާމަން ގާޒީ މަންސޫރު ދިލާވާރު ހުކުރު ދުވަހު ޕާކިސްތާނުގެ ރައްޔިތުންގެ މަޖިލީހުގައި ފެޑެރަލް މިނިސްޓަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވިއެވެ.

ދިލާވަރު ވަނީ ރޯ މެޓީރިއަލް އެތެރެކުރުމުން ސޭލްސް ޓެކްސްގެ ގޮތުގައި މިއަހަރު ނަގައިފައިވާ 48 ބިލިއަން ރުފިޔާ އަނބުރާ ދެއްކުމަށާއި ރޯ މެޓީރިއަލުން ނަގާ %17 ސޭލްސް ޓެކްސް ނެގުމާއި ބޭހުގެ އަގު %25އާ ހަމައަށް ބޮޑުކުރުމަށް ސަރުކާރަށް އިލްތިމާސް ކުރައްވައިފައެވެ. މިކަންތައް ނުކޮށްފި ނަމަ ބޮޑު ކާރިސާއެއް ކުރިމަތިވެ، ޕާކިސްތާނު ބޭހަށް ޖެހިދާނެކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިދިޔަ ހަ މަސް ދުވަހު އެމީހުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް މިކަން ސީރިޔަސްކޮށް ސަރުކާރުން ނުބަލާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ގޭހާއި ކަރަންޓާއި ޕެޓްރޯލިއަމް އުފެއްދުންތަކުގެ އަގު ބޮޑުވުމުން ބޭސް އުފެއްދުމުގެ ހަރަދު %45 އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!