ޚަބަރު

ޔޯގާއާ ގުޅިގެން ނަޝީދު ދެއްކި ވާހަކައަށް އިސްމާއިލް އަޙްމަދުގެ ހޫނު ރައްދެއް!

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ޔޯގާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ދެއްކެވި ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ރައްދު ދެއްވައިފިއެވެ.

އެމް.ޑީ.ޕީއަށް 17 އަހަރު ފުރުން ފާހަގަ ކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ޔޯގާ ހެދުމާއި ކަސްރަތުކުރުމަކީ ޙަރާމްކަމެއް ކަމަށް ކަނޑައަޅައިގެން ދިވެހިރާއްޖެ ސަލާމަތީ އައްސޭރިއަކަށް ނުދެވޭނެކަމަށެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ޔޯގާއަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވައިފައެވެ.

ރައީސް ނަޝީދުގެ މި ވާހަކަތަކަށް ރައްދުދެއްވައި އިސްމާޢިލް އަޙްމަދު ވިދާޅުވީ، މި ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ހުއްދަ ނޫންކަމަށް ބުނި ޔޯގާ ކަސްރަތަކަށްވެފައި، ލިވާތުކުރުން ޒާތީކަމަކަށް ހެދުމުން ދެން ހޯދޭނެ ސަލާމަތުގެ އައްސޭރިއެއް ނުވިސްނޭ ކަމަށެވެ.

މެމްބަރު އިސްމާޢީލް އަޙްމަދަކީ މީގެ ކުރިން ވެސް ރައީސް ނަޝީދު ދައްކަވާ އެކި ވާހަކަތަކަށް ވަރަށް ފާޅުގައި ރައްދު ދެއްވައިފައިވާ ބޭފުޅެކެވެ. މީގެ ކުރިން އެމް.ޑީ.ޕީގެ ވަޓްސްއެޕް ގުރޫޕުގައި ވެސް ނަޝީދާއި ދެ ބޭފުޅުން ވަރަށް ގަދަޔަށް ބަހުގެ ހަމަލާތައް ރައްދުކޮށްފައި ވެއެވެ.

Ads by HDC
  1. ސަލާމަތުއައްސޭރި

    ކޮން ސަލާމަތުގެ އައްސޭރިއެއްގެ ވާހަކަ މިދައްކަނީ. އަހަރެމެން މިތިބީ ސަލާމަތުގެ އައްސޭރީގަ.