ފިލްމު ކުޅެން ޖާގަ ނުލިބުނު ނަމަ ފެންނާނީ ދަނޑުވެރިއެއްގެ ގޮތުގައި: ޕަންކަޖް
ހިންދީ ސިނަމާގައި މިހާރު އެންމެ ނަން ހިނގާ އެއް އެކްޓަރަކީ ޕަންކަޖް ތްރިޕަތީއެވެ. ޕަންކަޖްގެ އެކްޓިން ދާއިރާގައި މިހާރު ހުރި ހިސާބަށް އަންނަން ވަރަށް ގިނަ ދުވަސް ނެގި ކަމަށް އޭނާ ބުނެއެވެ. ނަމަވެސް އެކްޓިންގް ދާއިރާއިން ނުފެނުނު ނަމަ އޭނާ ވާނީ ދަނޑުވެރިއަކަށް ނުވަތަ ސިޔާސީ މީހަކަށް ކަމަށް ދާދި ފަހުން ޕަންކަޖް ވަނީ ބުނެފައެވެ.
ދާދިފަހުން ދިން އިންޓަވިއުއެއްގައި ޕަންކަޖް ބުނީ އޭނާގެ ބައްޕައަކީ ވެސް ދަނޑުވެރިއެއް ކަމަށާއި އަދި އެއީ އޭނާގެ ކާބަފައިންގެ މަސައްކަތް ކަމަށެވެ.
45 އަހަރުގެ ޕަންކަޖް ބޮލީވުޑަށް ތަޢާރަފްވީ 2004ވަނަ އަހަރު ދެއްކި "ރަން" އިންނެވެ. އަދި ހަމަ އެ އަހަރު ދެއްކި "އޯމްކާރާ"އިން ވެސް ޕަންކަޖް ފެނުނެވެ. މި ދެ ފިލްމުގައި ވެސް ޕަންކަޖް ފެނިފައި ވަނީ ކުޑަ ރޯލަކުންނެވެ.
ހިންދީ ސިނަމާގައި ޕަންކަޖްގެ ރަން ދުވަސްތައް ފެށުނީ 2012ވަނަ އަހަރު ދެއްކި "ގޭންގްސް އޮފް ވަސައިޕޫރު"ގައި އޭނާ ދެއްކި މޮޅު ނުބައިބައި ރޯލުންނެވެ. އޭގެ ފަހުން 2013ވަނަ އަހަރު ދެއްކި "ފުކުރޭ"، 2015 ވަނަ އަހަރު ދެއްކި "މަސާން" ހަމަ އެ އަހަރު ދެއްކި "ނިލް ބަޓޭ ސަންނާޓާ" 201 ވަނަ އަހަރު ދެއްކި "ބަރޭލީ ކީ ބަރުފީ" ހަމަ އެ އަހަރު ދެއްކި ފިލްމު "ނިއުޓަން"، 2018ވަނަ އަހަރު ދެއްކި "ސްޓްރީ"، 2020ވަނަ އަހަރު ދެއްކި "ލޫޑޯ" އަދި މިދިޔަ އަހަރު ދެއްކި "މިމީ"ގައި ވެސް ޕަންކަޖް ވަނީ މޮޅު އެކްޓިންއެއް ދައްކައިފައެވެ.
މީގެ އިތުރުން "މިރުޒާޕޫރު" ، "ކްރިމިނަލް ޖަސްޓިސް" ، "ޔުއާސް ޓްރޫލީ" ، "އަދި "ކްރިމިނަލް ޖަސްޓިސް:ބިހައިންޑް ކްލޯސްޑް ޑޯސް" ފަދަ ވެބް ސިރީޒްތަކުން ވެސް ޕަންކަޖް ވަނީ މަޝްހޫރުވެފައެވެ.