އިދިކޮޅުން އޮތީ ރައީސް ނަޝީދު ބޭރުކުރަން ކުޑަ ފުރުސަތެއް ލިބުނަސް ބޭނުން ހިފަން ތައްޔާރަށް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ފުރުސަތު ލިބިއްޖެ ނަމަ އެ ފުރުސަތުގެ ބޭނުން ހިފައި، އެ މަނިކުފާނު މަގާމުން ވަކިކުރަން އެއްބަސްވާނެ ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލިސް މެންބަރުން ހިމެނޭހެން ބައެއް މީހުންގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ލީކުކުރަމުންދާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި ދެ މައްސަލަ, ރިޔާސަތުން އެޖެންޑާ ނުކުރުމުން އިދިކޮޅު މެންބަރުން މިއަދު ވަނީ އިހްތިޖާޖުކޮށްފައެވެ. އެކަމާ ގުޅިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަމުން ސަލީމް ވިދާޅުވީ, މަޖިލީހުގައި އިދިކޮޅުގެ ތިބީ ވަރަށް މަދު މެންބަރުން ކޮޅެއް ކަމަށާއި އެހެން ކަމުން މަޖިލީހުގެ ރިޔާސަތު ބަދަލުކުރުމަކީ ކުރަން ވަރަށް އުނދަގޫ މަސައްކަތެއް ކަމަށެވެ.
އެހެންވީމަ އެމީހުންގެ 65 މެންބަރުންގެ ކުރިމަތީގައި އަޅުގަނޑުމެނަށް މަޖިލީހުގެ ރައީސް ވަކިކުރުމަކީ މި ވަގުތަކު މާބޮޑު ކަމެއް ކުރެވޭނެ ކަމެއް ނޫން.
ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވިގޮތުގައި، އެމްޑީޕީގެ އެތެރޭގައި މައްސަލަތަކެއް އުފެދިފައިވީ ނަމަވެސް އިސްލާމް ދީނާ ހިލާފު އަދި މުންކަރާތް ހިމެނޭ ކަންކަމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ނަޝީދުގެ ފެކްޝަން އެއްގަލަކަށް އަރައެވެ. އެކަމަކު، ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހޯދުމާ ގުޅޭ މައްސަލައެއް ބޯމަތިވެއްޖެ ނަމަ އަނެއްކާވެސް އެމްޑީޕީ ދެބައިވާކަމަށް ސަލީމް ވިދާޅުވިއެވެ.
އެ މައްސަލަތަކުގެ ތެރޭގައި އެ ޕާޓީއަށް ވާނެ ގޮތެއް އެނގިވަޑައިނުގެންނެވި ނަމަވެސް މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރަން ފުރުސަތު ލިބިއްޖެ ނަމަ މިނިޓަކަށް ވެސް މަޑުނުކުރައްވައި އެކަން ކުރައްވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ. ދެ ފެކްޝަނުން ވެސް އެއްބަސްވާ ބައެއް ކަންތައްތައް ހުންނަކަން ފާހަގަކޮށް ސަލީމް ވިދާޅުވީ, ފާހިޝް އަމަލުތަކަށް އެމްޑީޕީގެ ދެ ފެކްޝަނުން ވެސް ހިތްވަރު ދެމުންދާ ކަމަށެވެ.
މި ކަހަލަ ފާހިޝް އަމަލުތަކަކަށް އެއްގޮތަކަށް ވެސް ފިޔަވަޅެއް ނާޅާ. ފާޑަކަށް ހިތްވަރު ދެނީ. މީގައި އަޅުގަނޑުމެނަށް ހީވޭ ބައެއް ފަހަރު އެމްޑީޕީގެ ތެރޭގައި ދެ ބައި އޮންނަކަމަށް. ނަމަވެސް އަޅުގަނޑުމެންނަށް މިކަހަލަ ކަމެއް ދިމާވީމަ މި ފެންނަނީ އެ މީހުން ވެސް އެއްގަލަކަށް އަރާ އެއަށް ސަޕޯޓް ދޭ ތަން.
ސަލީމް ވިދާޅުވިއެވެ.
ސަލީމު ލަނޑަޔާ ވާނީހަމަ ލަނޑަޔާ އެންޑީޕީ އަށް ނިސްބަތްވާ އެއްމެ އިޚުލާސް ތެރިޔެއް ވެސްނެށް މުޅިންވެސް ތިބީ އިސްލާމްދީނުގެ އަދުއްވުންނޭ ބުނެވޭކަހަލަ އެމީހުންގެ ބަސް މަގަށާއި އަމަލުތަކަށް ބަލާލުމުން އެގިގެންދޭ އެންޑީޕީ ވުޖޫދު ވީއްސުރެން މިގައުމުގެ 90% މީހުނަށް ހަމަނޭވާ ނުލެވޭ މީދެން ބޮޑުބަލާވެރިކަމެށް
ސަލީމު ލަނޑަޔާ ވާނީހަމަ ލަނޑަޔާ އެންޑީޕީ އަށް ނިސްބަތްވާ އެއްމެ އިޚުލާސް ތެރިޔެއް ވެސްނެށް މުޅިންވެސް ތިބީ އިސްލާމްދީނުގެ އަދުއްވުންނޭ ބުނެވޭކަހަލަ އެމީހުންގެ ބަސް މަގަށާއި އަމަލުތަކަށް ބަލާލުމުން އެގިގެންދޭ އެންޑީޕީ ވުޖޫދު ވީއްސުރެން މިގައުމުގެ 90% މީހުނަށް ހަމަނޭވާ ނުލެވޭ މީދެން ބޮޑުބަލާ ވެރިކަމެށް މިގައުމަށްދިމާވެފާއިވާ
ދިވެހިރާއްޖެ އަބަދުވެސް އޮންނަންޖެހޭނީ އުތީމް ބޮޑުތަކުރުފާނު ޤައުމު ބިނާކުރި ޢަސާސުގެ މަތީގައި ،
އުތީމް ބޮޑުތަކުރުފާނު ގައުމު ބިނާކުރި އަސާސު .
1/ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން.
2/ ދިވެހިންނަކީ ސުންނީ މުސްލިމުން.
3/ ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިލު އިސްލާމީ ޤައުމެއް.
4/ ދިވެހިންގެ ބަހަކީ ޢަރަބިތާނަ ދިވެހިބަސް.