ޚަބަރު

18އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހުޅުމާލޭ ދިރިއުޅޭ އަންހެނަކު ވީނުވީއެއް ނޭނގި ގެއްލިގެން އުޅޭކަން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.

Ads by MWSC

ގެއްލިގެން ހޯދަމުންދަނީ ޅ. ނައިފަރު / ލޮޓަސްމާގެ، ޝިއުނީ ޙުސައިން ސިޔާނު (18އ)އެވެ.

ޝިއުނީ ޙުސައިން ސިޔާނު ވީނުވީއެއް ނޭނގި އާއިލާއަށް އެއްވެސް ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ޖޫން މަހުގެ 24ވަނަ ދުވަހުގެ ވަގުތެއްގައެވެ. ފުލުހުންނަށް މިކަން ރިޕޯޓްކުރުމާ ގުޅިގެން އެއަންހެން މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހައިތަނަށް ކުރެވެނު މަސައްކަތުން މާބޮޑު ކުރިއެރުމެއް ހޯދިފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ، ޝިއުނީ ޙުސައިން ސިޔާނުއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ލަސްނުކުރައްވައި އެ މަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111އަށް ނުވަތަ ހުޅުމާލެ ޕޮލިސްގެ ނަންބަރު 9880062އަށް ގުޅައި ހިއްސާކޮށްދެއްވުމެވެ.

Ads by Ooredoo
  1. އެލެން

    ބޯއިފްރެންޑާއެކު އުޅެން ފެމެލީ ނުގަބޫލު. މިހާރު 18 ވީމާ ހައްގު ލިބުނީ.. އާންމުކޮށް އުޅޭނެ ތަންތަނުގަ ބިޓާއެކީ.. މިހާރުވެސް ބަލާ

  2. ނުކިޔަވާ

    24 ގަ ގެއްލިގެން ހާދަލަހަކުން ހޯދަނީ

  3. ޖެނެރަލް ސީސީ

    18 އަހަރުވެފަ ހުރި ބޮޑު އަންހެނެއް ްެްެްެއެއީ. ފުލުހުން އެދަނީ އޭނާ ހޯދުމަށް ނުކުމެ. ފެނިއްޖެއްޔާ، އޭނަ ދާން ބޭނުންވާނެތަ ގެއަށް؟ ކޯޓު އަމުރެއް ނެތި އޭނާ ގަދަކަމަކުން ބީއެފް ކައިރިން ނުގެންދެވޭނެ ފުލުހުންނަކަށް. ގެއަށް ނުގޮސް 18 އަހަރުގެ އަންހެނަކު ބިޓާއެކީ އުޅުމަކީ ގާނޫނު މަނާކުރާ ކަމެއްވެސް ނޫން. ރައްޓެހިވެގެން އުޅެން އާއިލާ ނުގަބޫލުވެ މާބޮޑަށް ހިފަހައްޓާތީ މިގޮތަށް ފިލައިގެން 18 އަހަރުން ދަށުގެ ކުދިންވެސް ދާކަމީ އެންމެން ދަންނަ ކަމެއް. އަދި 18 ވީމަ އާއިލާއާ ދެކޮޅަށް، އާއިލާއަށް ނޭނގި ކައިވެނިކޮށްފަވެސް އެބަހުރި. ގާޒީއަށް އެބަ މަޖުބޫރުވޭ ބައްޕަ ނުގަބޫލަސް ކައިވެނި ކޮށްދޭން. ޒިނޭއަށް މަގުފަހިވާނެތީ އެކުށުން ސަލާމަތްކޮށްދިނުމަށް އެތައް ކައިވެންޏެއް ބައްޕަގެ ވަލީ ނެތި ރާއްޖޭގަ ކޮށްފަ އެބަހުރި. މިއީ ނޫސްވެރިން ރިޕޯޓްތައްވެސް ލިޔަންވެފަ ހުރި ކަންތަކެއް.

  4. ޖެނެރަލް ސީސީ

    އަންހެންމީހާ އަށް ވީގޮތް ބަލަން އެބަޖެހޭ. ތިބުނާ ބޯއިފްރެންޑާއެކުތޯ ދިޔައީ ނުވަތަ އެހެން ކަމެއް އުޅެނީތޯ ބަލަން އެބަޖެހޭ. ޝައްކުވަނީ ކޮން ގޮތަކަށްކަންވެސް އެނގޭނީ އާއިލާއަށް. އާއިލާގެ ބަހެއް ހޯދާ

  5. ަހަމްދާން

    @ޖެނެރަލް ސީސީީ
    ެތެދެކެވެ. 18 އަހަރުވީމާ ގަދަކަމަކުން ނުގެންދެވޭނެއއވެ. ބީއެފް ކައިރީގަ ހުރިނަމަ އެއީ ގާނޫނުން ލިބިދޭ ހައްގެކެވެ. އެކަމަކު ޒުވާނާއަށް ރައްކާތެރިކަން އޮތްނަމައެވެ.
    ވަރަށް ބޮޑަށް ބެލެވޭ އާއިލާއަށް އެނގޭނެ ކަމަށް ކުއްޖާއަށް އަށް އަންނަ ބަދަލުތައް ދެއްތޯ؟ އަޅުގަނޑު ގަބޫލުކުރާހިތް އޮތީ އަންހެން ދަރިންތައް ގިނަފަހަރު ގެއިން ނުކުމެގެންދަނީ ރައްޓެހިންގެ އެހީތެރިކަން ލިބޭތީއެވެ. އޭގެތެރޭގަ އިސްރޯލު އަދާކުރަނީ ފިރިހެން ރައްޓެހިންނެވެ. ބޯއިފްރެންޑްސް އެވެ. ﷲ އިރާދަކުރެއްވިއްޔާ 18 އަހަރުގެ މިޒުވާނާ ސަލާމަތުން ފެންނާނެއެވެ. ސީސީޓީވީ ކެމެރާތައް މަސައްކަތް ނުކުރަނީ ތޯއެވެ؟ ރިލްވާން ގެއްލުނުފަހުން ފުލުހުން ބުނީ މިހާރު މުޅި މާލެ ސީސީޓީވީ ކެމެރާތަކުން ގުޅިފައިވާ ކަމަށެވެ. އެހެންވީމާ ތިޒުވާނާ އަށް ވީގޮތެއް ފުލުހުންނަށް ހޯދެން ޖެހޭނެއެވެ. ރާއްޖެއިން ބޭރަށް ދިޔަނަމަ އިމިގްރޭޝަނަށް އެނގޭނެއެވެ. ޒުވާނާ ގެއިން ނުކުތްތާރީޚެއް އެނގޭނީ އާއިލާއަށެވެ. އެތާރީޚުން ފެށިގެން އެ ގެ ހުންނަ މަގުން ފެށިގެން ކެމެރާތައް ބެލީމާ ޒުވާނާ ފެންނާނެއެވެ. ނުވަތަ ވީގޮތް އެނގޭނެއެވެ.