ޚަބަރު

އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯގެ މައްސަލަ ބަލަން އިންޑިއާގެ އެހީ ހޯދާކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޝަހީދު ޙުސެއިން އާދަމް ބިލްޑިންގް / ފޮޓޯ: ދެން އިމޭޖްސް

ސަރުކާރުގެ ބައެއް އިސް ފަރާތްތައް ހިމެނޭހެން ގިނަ ބަޔަކު އެއް ޖިންސުން ގުޅުން ހިންގާތަން ފެންނަ ވީޑިއޯތަކެއް ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުންދާ މައްސަލަ ތަޙްޤީީޤް ކުރުމަށް ބޭރުގެ ފަރާތްތަކުގެ އެހީ ހޯދައިފައިވާ ކަމަށް ބުނާ ވާހަކަ ދިވެހި ފުލުހުންގެ ޚިދުމަތުން ދޮގުކޮށްފިއެވެ.

Ads by Hajj Corporation

މަޖިލިސް ބައެއް މެންބަރުންނާއި ބައެއް ވަޒީރުންގެ ދަރިން ހިމެނޭ ގޮތަށް، ބްލެކް މެއިލް ކުރަމުންދާ ކަމަށާއި އެ ވީޑިއޯތައް ގެންގުޅޭ މީހުން ހޯދަން އިންޑިއާގެ އިންޓެލިޖެންސްގެ ޓީމެއް ރާއްޖެ އައިސްފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މިކަމާ ގުޅިގެން މިއަދު ފުލުހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި މައްސަލަ ބަލަމުންދަނީ އެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން ކަމަށެވެ.

ފުލުހުން މި މައްސަލަ ތަޙްޤީޤް ކުރަމުން އަންނައިރު، ފުލުހުންގެ ތެރޭގައި ބްލެކްމެއިލް ރިންގެއް އޮތް ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ތުހުމަތު ކުރައްވައިފައެވެ. ފުލުހުން ވަނީ އެފަދަ ކަމެއް ތަޙްޤީޤުން ހާމަ ނުވާ ކަމަށް ވިދާޅުވެފައެވެ.

Ads by Allied Insurance
  1. ސަންފަ

    ދެން ބުރަކަށީގަ ސީބީއައި ޖަހައިގެން އެ އުޅެނީ ކޮންބައެއްތޯ.