Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ބޮލީވުޑް

ސަލްމާނަށް ފަހު، ސްވަރާ ބާސްކަރަށް ވެސް މަރުގެ އިންޒާރުދީފި

ސަލްމާނަށް ފަހު، ސްވަރާ ބާސްކަރަށް ވެސް މަރުގެ އިންޒާރުދީފި

ބޮލީވުޑުގެ މަޝްހޫރު ތަރި ސްވަރާ ބާސްކަރަށް ވެސް ގޮތް ނޭނގޭ ބަޔަކު މަރުގެ އިންޒާރުދީފިއެވެ.

ބޮލީވުޑު ރިޕޯޓުތައް ބުނާ ގޮތުގައި ސްވަރާއަށް މަރުގެ އިންޒާރު ދީފައި ވަނީ ކާކުކަން ނޭނގޭ ގޮތަށް އޭނާއަށް ފޮނުވި ސިޓީއަކުންނެވެ. ހިންދީ ބަހުން އަތު ލިޔުމުން ލިޔެފައިވާ މި ސިޓީ ޕޯސްޓުކޮށްފައި ވަނީ ސީދާ ސްވަރާ ދިރިއުޅޭ ގެއަށެވެ.

މަރުގެ އިންޒާރުދީ ސިޓީ ލިބުމާ އެކު ސްވަރާ ވަނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅައިފައެވެ. މުމްބާއި ފުލުހުން މިހާރު މި މައްސަލަ ބަލަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

Advertisement
Allied Insurance — Square (box)

ސްވަރާއަށް މަރުގެ އިންޒާރު ދީފައިވާއިރު، މިފަހުން ސަލްމާން ޚާނާއި އޭނާގެ ބައްޕައަށް ވެސް ވަނީ މަރުގެ އިންޒާރު ދީފައެވެ. ޖޫން މަހުގެ 5ވަނަ ދުވަހު ސަލްމާނަށް ވެސް އިންޒާރު ދީފައިވަނީ ސިޓީއެއް މެދުވެރިކޮށެވެ.

އުމުރުން 33 އަހަރުގެ ސްވަރާއަކީ 'ޕްރޭމް ރަތަން ދަން ޕަޔޯ'، 'ވީރޭ ދި ވެޑިން' ފަދަ ފިލްމުތަކުގައި ރޯލުތައް ކުޅެފައިވާ ތަރިއެކެވެ.

ބެލުންތެރިންގެ މެދުގައި ސްވަރާ މަގުބޫލުވެގެން ދިޔައީ 2011ވަނަ އަހަރު ރިލީޒްވި 'ތަނޫ ވެޑްސް މަނޫ' ފިލްމުގައި އޭނާ ކުޅުނު ރޯލަކުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް