އެމެރިކާއިން ދެލައްކަ ޓެސްޓް ކިޓް ހަދިޔާކޮށްފި

އެމެރިކާއިން ރާއްޖެއަށް ކޮވިޑް-19އަށް ޓެސްޓްކުރާ ދެ ލައްކަ ކިޓް ހަދިޔާކޮށްފިއެވެ.
މި ކިޓްތަކާ ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާހު މާހިރެވެ.
އެމެރިކާއިން ކުރިން ރާއްޖެއަށް 500،000 ފައިޒާ ވެކްސިން ވެސް ހަދިޔާކޮށްފައި ވެއެވެ. އަދި 7 މިލިއަން ޑޮލަރާއި 60 ވެންޓިލޭޓަރުގެ އިތުރުން، އެހެނިހެން ބައެއް އެހީތެރިކަން ވެސް އެމެރިކާއިން ކޮވިޑާ ގުޅުވައިގެން ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ.
ރާއްޖޭގައި ފަހަކަށް އައިސް ކޮވިޑް-19 ވޭދަނަތައް ވަނީ ވަރަށް ހަލުވިކަމާ އެކު އިތުރުވަމުންނެވެ. އަދި ޓެސްޓް ކުރާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.