ޚަބަރު

ރައީސް ދެވަނަ ދައުރަކަށް ވާދަކުުރުމަކީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން: ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި ރައީސް މުހައްމަދު ނަޝީދު: ފޮޓޯ/ ވަންއޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞަލިހް ދެވަނަ ދައުރަކަށް ރައީސްކަމަސް ކުރިމަތިލެއްވުމަކީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ ،އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ނަޝީދު މިހެން ވިދާޅުވީ އާސްކް ސްޕީކާގެ 5ވަނަ ޕްރޮގުރާމުގައި އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ނުކުރެއްވިއްޖެ ނަމަ ކާމިޔާބު ކުރައްވާ ކެނޑިޑޭޓަކަށް ތާއީދު ކުރައްވާނެތޯ އާންމުންގެ މީހަކު ސުވާލު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެ ޕާޓީގެ އެތެރޭގެ ކަންކަން ހިނގަމުންދާ ގޮތަށާއި، ރާއްޖޭގެ މިހާރުގެ މަޝްރަޙަށް ބަލާ ނަމަ ރައީސް ޞާލިޙް ދެވަނަ ދައުރަކަށް ކުރިމަތި ނުލުމަކީ އެންމެ ފައިދާހުރި ގޮތް ކަމަށެވެ.

އަދި ރައީސް ޞާލިޙް 2018ގައި ވާދަކުރެއްވި އިރު، އެ މަޤާމަށް އަބްދުﷲ ޝާހިދު ވެސް ޝައުޤުވެރިކަން ފާޅު ކުރެއްވި ކަމަށާއި، އެހެން ނަމަވެސް 2018ގައި ނިކުތުމަށް އެންމެ ރަނގަޅީ ޞާލިޙް ކަމަށް ދެންނެވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވައި ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތްތޯ ކުރި ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ، މަނިކުފާނު ވިދާޅުވީ އެއްވެސް އިންތިޚާބެއްގައި ވާދަކުރަނީ ބަލިވާނެކަމަށް ގަބޫލުކޮށްގެން ނޫން ކަމަށާއި ކާމިޔާބު ކުރެވޭނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!