މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ދަރަނި އިތުރުވާނެ: ނަޝީދު
މި ދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްވެ ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރާއްޖޭގެ ދަރަނި އިތުރުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް ރޭ އުދަ އަރައި 200އަށް ވުރެ ގިނަ ގޭގައި ފެންބޮޑުވި ކަަމަށެވެ. ފެންބޮޑުވި ތަންތަނުގެ ތެރޭގައި ސްކޫލުތަކާއި ހޮސްޕިޓަލުތަކާއި އެއާޕޯޓުތައް ހިމެނޭކަމަށް ވެސް ނަޝީދުގެ ޓުވީޓުގައި ފާހަަގަކުރައްވައިފައިވެއެެވެ.
މީގެ އިތުރުން ރޭ ކުރި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ގދ.މަޑަވެލީގެ %90 ގޭގައި ފެންބޮޑުވެފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.
ރޭގެ ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ގދ.މަޑަވެލީގެ 90 އިންސައްތަ ގޭގައި ފެންބޮޑުވެފައިވާކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މި ކަންކަން ފާހަަގަކުރައްވައި ނަޝީދު ވިދާޅުވީ ޖައްވު ހޫނުވުމުގެ ސަބަބުން ގޯސްވެފައިވާ މޫސުމީ ބަދަލުތަކާ ގުޅިގެން މިހާރު އުފުލިފައިވާ ރާއްޖޭގެ ދަރަނި އިތުރަށް އުފުލި, ދަރަނި ބޮޑުވާނެ ކަމަށެވެ.
ރާއްޖޭގެ އެކި ހިސާބަށް މި ދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ގިނަ ގޭގެއަށް ފެންވަދެ އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ހާދަމޮޅުބޭފުޅެކޭދޯ. އެވަރުވެސް ދަންނަ ދިވެއްސަކުނެތް. ހުރިހާކަމެއް މިމަނިކފާނަށް އިނގޭ.
ބަޖެޓް ހެދި އިރުނޭގެތަ ރާއްޖެ އަށް ޖޫން ޖުލައިގަ ވިއްސާރަ ކުރާ ކަމެއް؟