"ބޮލީވުޑް ތަރިންގެ ކައިވެނި ރޫޅެނީ ކަރަންގެ ސަބަބުން "

ބޮލީވުޑު ގިނަ ތަރިންގެ ކައިވެނިތައް އުފާވެރި ނުވާ ސަބަބަކީ ކަރަން ޖޯހަރު ކަމަށް ސައުތު އިންޑިއަން ފިލްމީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ތަރި ކަމަށްވާ ސަމަންތާ ރުތު ޕްރަބޫ ބުނެފިއެވެ.
ސައުތު އިންޑިއަން އިންޑަސްޓްރީގައި އެންމެ ފާހަގަކޮށްލެވުނު ޖޯޑުގެ ގޮތުގައި ފާހަގަވެފައި ވަނީ ސަމަންތާއާއި ނަގަ ޗައިތަންޔާ އަކިނޭކީއެވެ. އެހެން ނަމަވެސް 2017ވަނަ އަހަރު ކައިވެނީގެ ގޮތުން ގުޅުނު މި ދެ ތަރިން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވަކިވެފައެވެ.
ޕުޝްޕާއިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ސަމަންތާ ވަނީ ކަރަން ޖޯހަރުގެ ކޮފީ ވިތު ކަރަންގެ އައު ސީޒަންގައި ބައިވެރިވެފައެވެ.
މިހާރު އާންމުވެފައިވާ ޓްރެއިލާގައި ސަމަންތާ ވަނީ ގިނަ ތަރިންގެ ކައިވެނި ރޫޅެނީ ކަރަންގެ ސަބަބުން ކަމަށް ބުނެފައެވެ. ސަމަންތާ ބުނި ގޮތުގައި ކައިވެންޏަކީ "ކަބީ ޚުޝީ ކަބި ގަމް" ފަދަ ފިލްމެއް ކަމަށް ކަރަން ދެއްކި ނަމަވެސް ހަގީގަތުގައި އެއީ 'ކޭޖީއެފް" ފަދަ ފިލްމެއް ކަމަށެވެ.
މީގެ 18 އަހަރު ކުރިން، 2004ގައި ފެށި އެ ޝޯއަކީ މެހެމާނުން އެ މީހުންގެ ދިރިއުޅުމާ ގުޅޭ ގޮތުން ވަރަށް ގިނަ ވާހަކަތަކެއް ދައްކާ ޝޯއެކެވެ.
މިފަހަރުގެ ސީޒަންގައި ނުވީރް ސިންގާއި އާލިއާ ބަޓްއާއި އަކްޝޭ ކުމާރު ފަދަ ތަރިން ބައިވެރިވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.