މޫދަށް ކުނި އެޅުމުން ނަކައި އަލަމަތާ ރިސޯޓު ތިންލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
ވ.އަލިމަތާގައި ހިންގާ ނަކައި އަލަމަތާ ރިސޯޓުން މޫދަށް ކުނި އެޅުމާ ގުޅިގެން ތިންލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނީ ކުނިވާ ޒާތުގެ ކުނި, އެ ރިސޯޓުން ކަނޑަށް އެޅުމަކީ ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދާ ޚިލާފަށް ކުރިކަމެއް ކަމަށެވެ.
އެ ގޮތުން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުގެ ދަށުން އިއްޔެ ވަނީ އެ ރިސޯޓު ޖޫރިމަނާކޮށްފައެވެ.
ޖޫރިމަނާ ކުރީ ތިންލައްކަ ބާރަހާސް ހަތް ސަތޭކަ ފަންސާސް ރުފިޔާއިންނެވެ. އީޕީއޭއިން ވަނީ 30 ދުވަހުގެތެރޭގައި އެ ފައިސާ ދައްކަން ރިސޯޓަށް އަންގައިފައެވެ.
Ads by Allied Insurance