ޚަބަރު

އެންމެ ފުރަތަމަ މައިތިރި ކުރަންވީ ސަރުކާރުގެ ކުންފުނިތަކުގެ ކޮރަޕްޝަން: ބޮންޑެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމު ރަޝީދު (ބޮންޑޭ)

ސަރުކާރުގެ އާމްދަނީ އިތުރުކުރަން ޚިދުމަތުގެ އަގުން ނެގޭ ޓެކްސް ބޮޑުކުރަން ނިންމެވުމުން، އެކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ފާޑު ވިދާޅުވެއްޖެވެ.

Ads by Sosun Fihaara

ޖީއެސްޓީއާއި ޓީޖީއެސްޓީގެ ގޮތުގައި ނަގާ މިންވަރު ބޮޑުކުރުމަށް ނިންމައިފައިވާކަން މިއަދު ފިނޭސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މިގޮތުން ޓެކްސްގެ ގޮތުގައި މިހާރު ނަގަމުން އަންނަ ވަރަށް ވުރެ ޖީއެސްޓީން 2 އިންސައްތަ ޓީ-ޖީއެސްޓީން ހަތަރު އިންސައްތަ ބޮޑު ކުރަން ވަނީ ނިންމައިފައެވެ.

ޖީއެސްޓީ ބޮޑުކުރުން ބޮންޑޭ ސިފަ ކުރެއްވީ ރައްޔިތު މީހާގެ ބަތް ތައްޓަށް އަތް ބޭނުން ކަމަށެވެ. އަދި ވިދާޅުވީ، މިކަން ކުރުމުގެ ކުރިން ސަރުކާރުގެ ޚަރަދު ކުޑަކޮށް، ސަރުކާރުގެ ކުންފުނިތަކުގެ ކޮރަޕްޝަން ހުއްޓުވަން ޖެހޭ ކަމަށެވެ.

"ރައްޔިތުމީހާގެ ބަތްތައްޓަށް އަތް ބޭނުމުގެ ކުރީން ފުރަތަމަ ކުޑަކުރަންވީ ސަރުކާރުގެ ހަރަދުތައް، މައިތިރި ކުރަންވީ ސަރުކާރުގެ 32 ކުންފުނިން ހިންގަމުންދާ ކޮރަޕްޝަންތައް." ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެގެ ޓްވީޓްގައި ވިދާޅުވީ އުވައިލާން ބުނި ބޭކާރު ކުންފުނިތައް އުވާނުލައި ޖީއެސްޓީ އިތުރު ކުރުމަކީ ފޫނެތްފަޔަށް ފެންފުރުން ފަދަ ކަމެއް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!