ޚަބަރު

ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ މައްސަލަތައް ދިމާވީ ރައީސް ޞާލިޙާ ހެދި: ރައީސް ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް ޞާލިޙް އަދި ރައީސް ނަޝީދު

ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ މައްސަލަތައް ދިމާވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ހެދި ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ވެރިކަންކުރާ މައިޕާޓީ އެމްޑީޕީގެ ރައީސް ، ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ ރޭ އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕަކަށް ފޮނުވި މެސެޖްތަކެއްގައެވެ.

ރައީސް ނަޝީދުގެ ނުރުހުން ރައީސް ޞާލިޙަށް އަމާޒުވެފައި ވަނީ ރައީސް ނަޝީދުގެ މަޝްވަރާއެއް ނުހޯއްދަވައި ޖީއެސްޓީއާއި ޓީ-ޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމެވުމާ ގުޅިގެންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކެބިނެޓުގެ ވަޒީރުންނަށް އެ މަނިކުފާނު ވިދާޅުވާ ބަސްފުޅުތަކަކީ ހަގީގަތުގައި ރައީސް ޞާލިޙްގެ ސަބަބުން ވިދާޅުވާން ޖެހޭ ބަސްފުޅުތަކެއް ކަމަށެވެ. އަދި ރައީސް ޞާލިޙްގެ އެޖެންޑާގެ ދަށުން މިހާރު ދިމާވެފައިވާ އިގްތިސާދީ މައްސަލަތަކެއް ހައްލު ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

އަދި ޕާޓީއާ މަޝްވަރާ ނުކޮށް ޓެކްސް ބޮޑުކުރުމަށް ނިންމުމަށް ފަހު ދިމާވާ ކަންކަން "ޕާޓީގެ ބޮލަށް: ނުޖެހޭނެ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވިދާޅުވީ މިހާރު ކުރަން ޖެހޭ ކަމަކީ އެމްޑީޕީގެ މެނިފެސްޓޯއަށް އެކީއެކަށް ރުޖޫއަވުން ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅަށް ގްރޫޕްގައި ރައްދު ދެއްވައިފައި ވަނީ، ފިނޭންސް މިނިސްޓަރު އަމީރެވެ. އަމީރު ވިދާޅުވީ، ހަރަދު ކުޑަކުރުމާ މެދު އެއްވެސް މީހަކު ދެކޮޅު ނުހަދާ ކަމަށެވެ. އަދި ކަންކަން ކުރުމަށް ފަހު ވަކި މީހެއްގެ ބޮލުގައި އަޅުވަން ނޫޅުއްވާ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން އަމީރު އިތުރަށް ވިދާޅުވީ އޭނާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ބެއްލެވި ނަމަ ރައީސް ނަޝީދަށް ކަންކަން ސާފުވީސް ކަމަށެވެ.

Ads by Allied Insurance
  1. ވަގުތުގެ ފައިދާ ނަގައިގެން ކިތައްމެ ސަޕޯޓެއް ހޯދަން އުޅުނަސް ނުލިބޭނެ. 7ފެބްރުއަރީގައި ވެރިކަމުން ފައިބާފަ ޖެހިގެން އައި އަށްވަނަ ދުވަހު ރާއްޖޭގެ އެތަން މިތަނުގައި ހުޅު ޖައްސައި ދައުލަތަށް އެތައް މިލިއަން ރުފިޔާ ޢެއްގެ ގެއްލުންދިން މީހެއް ތިޔައީ. ވެރިކަމަށް ކުފޫ ހަމަވާ މީހެއްނޫން.

  2. ޙަސަން ލަތީފު

    ކަލޯ މިނަޝީދު ހާދަފޯރި ގަދަވެއްޖޭ ވެރިކަމަށް. ހީވާގޮތުން މީނަދުވަސްކޮޅަކުން މޮޔަވެގެން މަގުމަތީ އެނބުރޭނީ.

  3. ޭއިސްކުރުބެ

    ބަލަ ޙައްޤައް ބަހެއް ބުނީމަވެސް ގޯސްވަނީ ނަޝީދުތައް ތީދެން ފުކެއްބޮޑުވަރު ނަޝީދު އެދައްކަ ވަނީ ވަރަށް ބަރާބަރު ވާހަކަފުޅެއް ޞާލިހުގެ ސަބަ ބުން މި ގައުމު ހަލާކުވެއްޖެ ވާނީވެސް އެހެންތާ އެހެން ތާދޯ؟ މީނައަކީ މީހަކުބުނީމަ އެބުނާ ގޮތަކަށް ޢަމަލް ކުރަންޖެހޭ މީހެއް މީނަގެ އަމިއްލަ ސިކުޑިން ކަމެއް ތަ ދުބީރުކުރަން އުނދަގޫވާނެ އެހެންވީމަ ދެންވާނީ މިހެން.

  4. ޛާއޫދު

    ކޮވިޑްބަލި، ރަސިޔާ ހަގުރާމަ، ލަންކާ ބަގްރޫޓްވުން، އިގިރޭސި ވިލާތް ބަގްރޫޓް ވަމުންދިއުމުގެ ޒިންމާވެސް ރައީސް ސޯލިހު ނަގަންޖެހޭނެ. މިކަލޭގެ ހާދަމޮޔައެއް އެބަގޮވަޔޭ