Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ކުޅިވަރު

ސަން ޝިޔާމް ފުޓްސަލް މުބާރާތުގެ ޝެޑިއުލް އޮޅުވައިލިކަމުގެ ތުހުމަތު

ސަން ޝިޔާމް ފުޓްސަލް މުބާރާތުގެ ޝެޑިއުލް އޮޅުވައިލިކަމުގެ ތުހުމަތު

ނ. އަތޮޅުގެ ރަށްތަކަށް ހުޅުވައިލައިގެން ބާއްވާ ސަން ޝިޔާމް ކުޑަފަރީ ފުޓްސަލް ޗެލެންޖު 2022ގެ ޝެޑިއުލް އޮޅުވައިލިކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔައިފިއެވެ.

ސަން ޝިޔާމް ކުޑަފަރީ ފުޓްސަލް ޗެލެންޖު 2022ގައި ފިރިހެން ހަތް ޓީމު ބައިވެރިވެފައިވާ އިރު އަންހެން ޑިވިޝަންގައި 12 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އަދި ފަސް ރަށަކުން 16 އަހަރުން ދަށުގެ ފަސް ޓީމު ވަނީ އެ މުބާރާތުގައި ބައިވެރިވެފައެވެ.

ފޯރިގަދަ މެޗުތަކަކަށް ފަހު މުބާރާތުގެ ކުއާޓާފައިނަލުގެ މެޗުތައް ކުޅެމުން އަންނަ އިރު، އަންހެން ޑިވިޝަނުގެ މެޗުތައް ކުޅުނީ ރޭގައެވެ. މުބާރާތުގެ ހުރިހައި މެޗެއްގެ ޝެޑިއުލް ވެސް ޓީމުތަކާ ހިއްސާކުރަމުން އައިސް ރޭގެ މެޗުތަކާ ހިސާބަށް އިންތިޒާމުގެ ކަންކަމަށް ޓީމުތަކުން ތައުރީފް ކުރިއެވެ.

Advertisement
Allied — Dhen Online (box)

ރޭގެ މެޗުތަކަށް ފަހު ސެމީފައިނަލުގެ ޖާގަތައް ކަށަވަރުވި އިރު، އެ މެޗުތައް ކުޅުމަށް ހަމަޖެހިފައި އޮތީ މިއަދު އެވެ. އެހެން ނަމަވެސް މިއަދުގެ މެޗުތަކަށް ޓީމުތައް ނުކުންނަ އިރު، ބައެއް ޓީމުތަކުން އޮތީ ހިތްހަމަ ނުޖެހިފައެވެ. އެއީ ރޭ ކުޅުނު މެޗުތަކަށް ފަހު ޝެޑިއުލަށް ގެނައި ބަދަލަކާ ގުޅިގެން ކަމަށް ޓީމުތަކުން ތުހުމަތު ކުރެއެވެ.

މީގެ ކުރިން ޓީމުތަކަށް މުބާރާތުގެ އިންތިޒާމީ ކޮމިޓީން ހިއްސާ ކުރަމުން އައި ޝެޑިއުލުގައި ވާގޮތުން މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރަން ހަމަޖެހިފައި އޮތީ ކުޑަފަރިއަށް ނިސްބަތްވާ "ހިއްވަރު" އަދި މިލަދޫގެ "އޮބިއަންސް" ވާދަކުރާ މެޗާއި، ކެނދިކުޅުދޫގެ ކޭކޭ ވިމެން އެފްސީގެ އިތުރުން މާފަރުގެ ޗެލެންޖާސް ބައްދަލު ކުރާ މެޗެވެ.

ނަމަވެސް ރޭގެ ވަގުތެއްގައި މުބާރާތުގެ އިންތިޒާމީ ކޮމިޓީއިން ޓީމުތަކަށް އެންގުމެއް ނެތި ޝެޑިއުލްއަށް ގެނައި ބަދަލާ އެކު އެ ދެ މެޗުގައި ވާދަކުރަން ޖެހޭ ޓީމުތަކަށް ވަނީ ބަދަލު އައިސްފައެވެ. އެއާ އެކު ދެން ސެމީ ފައިނަލުގައި ވާދަކުރާނީ ކޭކޭ ވިމެން އެފްސީއާއި އޮބިއަންސްއެވެ. އަދި ހިތްވަރުއާއި ޗެލެންޖާސް ވާދަކުރާ މެޗެވެ. މި ބަދަލާ އެކު ބައެއް ޓީމުތަކުން މުބާރާތުގެ އިންތިޒާމީ ކޮމިޓީއަށް މައްސަލަ ހުށައެޅުމުން އެ ފަރާތުން ޖަވާބުގައި ބުނެފައި ވަނީ ކުރިން ޝެޑިއުލުގައި ވަނީ އޮޅުމެއް ކަމަށެވެ. އެހެންކަމުން ދެން އަމަލު ކުރާނީ ރޭގައި ނެރުނު ޝެޑިއުލާ އެއްގޮތަށް ކަމަށެވެ.

މިކަމާ ގުޅިގެން ކެނދިކުޅުދޫ ވިމެންސް އެފްސީގެ މެނޭޖަރު ހަމްނާ މުހައްމަދު މި ނޫހަށް ވިދާޅުވީ، ޓީމުތަކަށް އެންގުމެއް ނެތި އިންތިޒާމީ ކޮމިޓީން ބޭނުންވާ ގޮތަކަށް ޝެޑިއުލް ބަދަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެގޮތަށް އެކަން ކުރުމުން ޓީމުގެ ކުޅުންތެރިން ތިބީ މާޔޫސްވެފައިވާ ކަމަށެވެ.

"އެއްވެސް އެންގުމަކާ ނުލައި ކުރިން ނެރެމުން އައި ޝެޑިއުލަށް ރޭގައި ބަދަލު ގެނައީ. އެގޮތަށް އެކަން ވުމުގެ ސަބަބުން އަޅުގަނޑުމެން ކިތަންމެ ތައްޔާރަށް ތިއްބަސް ކިތަންމެ ފޯރީގައި ތިއްބަސް ޓީމަށް ގެއްލުންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެއް. މިކަހަލަ މުބާރާތްތަކަކީ އަޅުގަނޑުމެން ދުރާލައި ތައްޔާރުވެގެން އަންނަ މުބާރާތްތަކަށް ވީހިނދު، މިކަހަލަ ކަންކަން މުބާރާތުގެ ހިންގާ ކޮމިޓީން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ހަމްނާ ވިދާޅުވިއެވެ.

ހަމްނާ އިތުރަށް ވިދާޅުވީ، ޝެޑިއުލަށް ގެނައި ބަދަލަކީ ވަކި ޓީމަކަށް ފައިދާވާ ގޮތަށް ގެނެވުނު ބަދަލެއް ކަމަށް ޓީމުގެ ބައެއް ކުޅުންތެރިންނާއި، ސަޕޯޓަރުން ތުހުއްމަތު ކުރަމުންދާ ކަމަށާއި، މި މައްސަލައިގައި މި ނޫން ގޮތަކަށް އިންތިޒާމީ ކޮމިޓީން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް