ކުކުޅު ފިހާރަ: އެގާރަ ވަނަ ހަފުތާގެ ނަސީބުވެރިޔާ ހޮވައިފި
މާލޭގައި ފިނިކުރި ކާބޯތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން އަންނަ "ކުކުޅު ފިހާރަ"ގެ އީމޯލް އިން ތިން މަސް ދުވަހަށް ކުރިޔަށް ގެންދާ ޕްރޮމޯޝަންގެ އެގާރަ ވަނަ ހަފުތާގެ ނަސީބުވެރިޔާ ހޮވައިފި އެވެ.
މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ފޭސްބުކްގައި ކުކުޅު ފިހާރަ އީ މޯލް އިން ފަށާފައިވާ އެ ޕްރޮމޯޝަންގައި މިހާރު ދިހަ ހަފުތާ ނިމިފައިވާއިރު، އެ ފިހާރައިގެ ޕޭޖަށް "ޝެއާ އެންޑް ވިން" ޕޯސްޓު ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާކޮށް، ރައްޓެއްސަކު ޓެގް ކުރުމުން ޕްރޮމޯޝަނުގައި ބައިވެރި ވެވޭނެ އެވެ.
މި ޕްރޮމޯޝަންގެ އެގާރަ ވަނަ ހަފުތާގެ ނަސީބުވެރިޔަކީ އައިޝަތު ވަހީދާ އެވެ.
ކުކުޅު ފިހާރައަށް އާންމުންގެ މަގުބޫލުކަން ބޮޑުވެ އީ- ޝޮޕް، އީ- ޝޮޕިންގ މޯލްއަކަށް ބަދަލުކުރަން ނިންމާފައި ވަނީ ޖޫން މަހުގެ ކުރީކޮޅެވެ. އެ އީ-މޯލް މެދުވެރިކޮށް ޝޮޕިން މޯލްއަކުން ލިބޭ ހުރިހާ އެއްޗެއް ލިބެން ހުރެއެވެ.
ކުކުޅު ފިހާރައަކީ ރާއްޖޭގައި އެންމެ އަގުހެޔޮކޮށް ތަކެތި ލިބޭނެ ޝޮޕިން މޯލްކަމަށްވާ އިރު މީގެ ކުރިން އީ-ޝޮޕް މެދުވެރިކޮށް ވިއްކަމުން އައީ ކުކުޅުގެ ބާވަތްތައް އެކަނިއެވެ. ނަމަވެސް މިހާރު އީ-މޯލް މެދުވެރިކޮށް ކާބޯތަކެތީގެ އިތުރުން ރީތިވާ ސާމާނާއި، ގޭތެރެއަށް ބޭނުންވާ ސާމާނު ވެސް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ.
ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ އޯޑަރެއް ލިބެމުންދާ އެ ފިހާރައިން އޯޑަރު ކުރާ ކަސްޓަމަރުންގެ އަދަދު ވެބްސައިޓުން ފެންނަން ހުރެއެވެ.
ކުކުޅު ފިހާރައިގެ ވެބްސައިޓު މެދުވެރިކޮށް ހޯލްސޭލްކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް އެ ފިހާރައިން ދަނީ ހިލޭ ޑެލިވަރީގެ ޚިދުމަތްވެސް ފޯރުކޮށްދެމުންނެވެ. ކުކުޅު ފިހާރައިން ހޯލްސޭލް ކުރާތާ މިހާރު ހަ އަހަރުވެއްޖެއެވެ.
ދާދިފަހުން ކުކުޅު ފިހާރައިން ވަނީ ކަރީކަޓް ތައާރަފްކޮށްފައެވެ.