ޚަބަރު

ލަންކާގެ ހާލަތު ރަނގަޅު ކުރަން ބޭނުން ވަނީ ތަޖުރިބާ ހުރި ވެރިއެއް: ރައީސް ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

އަވަށްޓެރި ލަންކާއަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ކާރިސާއިން އެ ޤައުމު ސަލާމަތްކުރުމަށް ބޭނުން ވަނީ ތަޖުރިބާކާރު ހަރުދަނާ ލީޑަރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ލަންކާއަށް ދިމާވެފައި އޮތް ބޮޑުތަދުން އަރައިގަތުމަށް ބޭރު ގައުމުތަކުން އެހީ ހޯދަން މެދުވެރިއެއްގެ ރޯލު އަދާކުރަން މަންދޫބެއްގެ ގޮތުގައި ލަންކާ ސަރުކާރުން ހަމަޖައްސައިފައިވާ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މި ވަގުތަކީ ލަންކާއަށް ލޮޅުންތައް ގިނަ ވަގުތެއް ކަމަށެވެ. އަދި ލަންކާއަށް ބޭނުން ވަނީ، އެ ޤައުމަށް ކުރިމަތިވެފައިވާ އިޤުތިޞާދީ އަދި ސިޔާސީ ކާރިސާއިން ޤައުމު ނެރެދޭނެ ހަރުދަނާ އަދި ތަޖުރިބާކާރު ލީޑަރަކަށް ކަމުގައި ވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ސްރީލަންކާގެ އިގްތިސޯދީ އަދި މާލީ ހާލަތު ހަމައަކަށް އަޅުވައިދެއްވުމަށް އެ ގައުމަށް ވަޑައިގެން މަސައްކަތްތަކެއް ކުރައްވަން އެ ގައުމުގައި ދުވަސްތަކެއް ހޭދަ ކުރެއްވި ނަމަވެސް، މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، އެ މަނިކުފާނުގެ ގޮވާލުންތަކަށާއި، އެދިލުންތަކަކަށް ބޭރު ދުނިޔެއިން ވެސް މާ ބޮޑު ސަމާލުކަމެއް އަދި ކުރިއެރުމެއް ވެސް ލިބިފައެއް ނުވެއެވެ.

މި އަހަރުގެ ކުރީކޮޅުން ފެށިގެން މާލީ އަދި އިގުތިސާދީ ބޮޑު އަނދަވަޅެއްގެ ތެރެގައި އޮތް ލަންކާގެ ސިޔާސީ މަސްރަހު އަނެއްކާ ވެސް ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

Ads by Allied Insurance
  1. މުންޖިޗޭ

    އަވަހަށްގޮސް ލަކާގެ ވެރިކަމާ ޙަވާލުވޭ.

  2. މުޖުތާޒު

    ޢެވެރިޔަކީ ޝައްކެށްވެސް ނެތް ގޮތުގަ ރައީސް ނަޝީދު އެއަށްވުރެ ގާބިލު ވެރިއެއް ނުފެންނާނެ

  3. ޖޭޑް

    ނާޒިމްއާއި އަލަމްގިރި