ޚަބަރު

"ލަންކާގެ ރިޔާސީ ގަނޑުވަރަށް ވަތްގޮތަށް، މުލިއާގެއަށް ވަންނަން ތިބީ ކެތްމަދުވެފައި"

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މުލިއާގެ / ފޮޓޯ: ދެން އިމޭޖްސް

މިހާރު ލަންކާގައި ކުރަމުންދާ މުޒާހަރާގައި އެ ޤައުމުގެ ރިޔާސީ ގަނޑުވަރު ރައްޔިތުން ހިޞާރު ކުރި ގޮތަށް، މުލިއާގެއަށް ވަދެގަންނަން ދިވެހިން ތިބީ ކެތް މަދުވެފައި ކަމަށް ޓްވިޓަރގައި މީހަކު ބުނެފިއެވެ.

Ads by Sosun Fihaara

ލަންކާގެ އިޤްތިޞާދީ ހާލަތު ދަށްވެ، ޤައުމު ދަރަނިވެރިވުމުން، އެ ޤައުމުގެ ސިޔާސީ މަޝްރަޙް ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. މިގޮތުން އިއްޔެ ރުޅިގަދަވެފައިވާ ލަންކާގެ ރައްޔިތުންގެ ތެރެއިން ބަޔަކު އެ ގައުމުގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އިސްތިއުފާ ގޮވަމުން އެ މަނިކުފާނުގެ ގެކޮޅަށް ވަނީ ވަދެގަނެފައެވެ. މުޒާހަރާ ކުރަމުން އަންނަ ފަރާތްތަކުން ބުނެފައިވަނީ ރައީސް އިސްތިއުފާ ނުދެއްވަނީސް ރިޔާސީ ގަނޑުވަރުން ނުނިކުންނާނެ ކަމަށެވެ.

ޓްވިޓަރގައި ހަރަކާތްތެރިވާ އެކައުންޓަކުން ކުރި ޓްވީޓްތަކުގައި ބުނެފައި ވަނީ، ރާއްޖޭގެ އިޤްތިޞާދީ ހާލަތުގެ ސަބަބުން ދިވެހިން ވެސް ތިބީ މުލިއާގެއަށް ވަނުމަށް ކެތް މަދުވެފައިވާ ކަމަށެވެ. 

"މުލިޔާގޭ ޖަކޫޒީއަށް ދިވެހި ރައްޔިތުން އެރޭ ދުވަސްވެސް އޮތީ ވަރަށް ގާތުގައި. ޖީއެސްޓީ ބޮޑުކޮށް، އިންފްލޭޝަން ހައްދުން ނެއްޓި، ތެޔޮ ހުސްވީމަ ހަވަރު އެއްކޮށް މިސްރާބު ޖަހާނީ ސްލޯލިހް [ރައީސް ޞާލިޙަށް ނިސްބަތްކޮށް] ވެެރިކަމުން އަޒުލްކުރުމަށް." އެ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.

"މުލިއާގެއަށް ވަދެގަނެ، ރައީސް ޞާލިޙާއި ފަޒްނާގެ އެނދަށް އެރުމަށް ދިވެހިން ތިބީ ކެތްމަދުވެފައި" ލަންކާގެ ރައީސް ގޮޓަބަޔާގެ އެނދުގައި ލަންކާ ބަޔަކު ތިބި ފޮޓޯއެއް ހިއްސާ ކުރަމުން ކުރި އިތުރު ޓްވީޓެއްގައި އެ ހޭންޑަލްގައި ބުނެފައިވެއެވެ.

Ads by Ooredoo
  1. ުހޫދު ނަސީރު

    މިރާއްޖޭގައިއަދިތިބުނާމުލިއާގެއަށްއަރާގަންނަންކެރޭމީހަކުނެތް

    • ނޫނޭ އެދުވަސް މިހާރުވެސް އެބަފެންނަ ކަހަލަ. އެދުވަހު ބަޔަކު ހަވަރައް ނުދިނަސް ހަމަ ރަގަޅޭ ބުނެވޭނީ.

      މަހާރަދުން

  2. ސަރީފް

    މިރާއްޖޭމީހުންހޭބައްޔެއްނުވޭއަދި

  3. ޤައުމީތަރިކަ

    މާރީތި ކަމެއް ނޫން.. މުކިއާހެއަކީ އިބޫ ސޯލިހު ނޫނީ ޔާމީނުވެ ތަރިކަ މުދަލެއް ނޫން އެއީ ދިވެހިންގެ ތަރިކައެއް… އެތަނަށް ގެއްލުމެއް ދޭން ހިތްވަރުދީ ބާރު އަޅުނަޖީ ޤައުމީ ސަލާމަތަށް ނުރައްކާކުރުން ޓެރެރިޒަމަށް ހިތްވަރު ދިނުން… މިފަދަ އާޓިކަލް ލިޔާ މީހުންނާ ދެކޮޅަށް ދަޢުވާ ކުރެވެންޖެހޭނެ..

    • ީހުސެން

      ބަރާބަރުު ވާހަކައެއް

  4. އިންސާފް

    މި ހީވަނީ މިމީހުންގެ މައިން ބަފައިން އުފައްދާ އެއްޗެއްހެން ތެލަކީ. މުޅި ދުނިޔެ ދަތިކަމެއްގަ އޮތް އިރު ދިވެހި ރާއްޖެއަށް ވެސް އެ ދަތިކަން އަންނާނެ. މީ ޤަބޫލު ކުރަންޖެހޭ ކަމެއް. ސޯސަލް މީޑިއާގަ ޕޯސްޓް ކުރަނީ ތަނެއް ދޮރެއް ނޭނގޭ އަމިއްލަ މަސްލަހަތު އިސްކުރާ މީހުން.

  5. އަލިހޮއްކޮ

    އަސްލު ވަދެ ރަނިލްގެ ގެޔަށް ހަދާލިގޮތް ހަދާލާ ހިތްވަނީ ދިވެހިންގެ ފައިސާއިން ހަދަމުން އެގެންދާ ލޮނުޒިޔާރަތްކޮޅުގައި އެހުރިގެއަށެވެ.

  6. ބަކުރު

    ސިޔާސީ ގުއިރޯނުގަޖެހިގެން ބޮލަށް ތެޔޮ އަރައިގެން އުޅޭ ބަޔަކު ދައްކާވާހަކަތީ، ތިޖެންނަމަ ރ ޔާމީނުވެރިކަމުގަވެސް ރައްޔިތުން ސިކުޅިއެއް ކުޅުނީސް، އޭރުވެސް މިހާރުވެސް ރައްޔިތުން ހަނާވަނީ، އެކަމަކު ޗުއްޓީއެއް އައިސްފިއްޔާ ފްލައިޓަކުން ޖާގައެއް ނުލިބެ އޭރުވެސް ކިހާރުވެސް.

  7. މުހައްމަދު

    ގައުމުގެ ސިޔާސީ ކަންކަން ރައްޔިތުން ހައްލުކުރަންޖެހޭނީ ރައްޔިތުންގެ މަޖުލިސް މެމްބަރުން މެދުވެރިކޮށް. ރައްޔިތުން ނިކުންނަންޖެހޭނީ ރައްޔިތުން ބޭނުންވާ ގޮތަށް މަޖުލިސް މެމްބަރުން އަމަލު ނުކޮށްފިއްޔާ.

  8. ޢަޅިހާ

    އެކަހަލަ ނުބައި ކަންކަމަށް ހިތްވަރު ދިނުންފިޔަވާ މޮ އާޓިކަލްގެ އެއްވެސް ބޭނުމެއް ނުފެނުން. މިކަހަލަ ފެންވަރުދަށް ނޫސްވެރިކަމުން ކަންކަން ހަލާކުވަނީ!

  9. ގާދިރު

    އަދި އެހާ ހިސާބަށް ދާން ގާތްވެސް ނުވޭ ކަލޯމެން ތިބެނީ ނުކާ ނުބޮއެތަ ސައިކަލަށް ޕެޓުރޯލް ނާޅާތަ ކަރަންޓް އަދިރީގައިތަ މުސާރަ ނުލިބޭތަ ކާޑު ނުލިބޭތަ ފެން ނުލިބޭތަ ރައްޔިތުންނަށް ދަތިވާނެ އެއްކަމެއް އެބައޮތްތަ މިއަކީ މިއީ ޔާމީނު އާއި ސޯލިހު އަންނިގެ ވާެރުތަ މުދާގަޑެއް ނޫން ދައުރު ހަމަވަންދެން މަޑުކުރޭ ދައުރު ހަމަވީމަ ކަލޯ ކަލޭ ހިތްވަރެއް ހުރީއްޔާ ޔާމީނު ނަގާ ބައިންދާ ވޯޓުން ކަށްކަން ނިންމާނީ ލަންކާޔާ ދިވެހިސަރުކާރު އަޅާ ނުކިޔޭނެ ބުރޯ

  10. އަފްޝީން

    މާ މޮޅު ކަމަކަށް ވެގެން ދައްކާ ކަށް މާ ރީތި ވާހަކައެއް ނޫން. ކޮންމެ މީހަކު ވެރިކަމުގަ ހުއްޓަސް ތިފަދަ ސަކަރާތެއް ޖެހީމަ ދުނިޔެގެ ކުރިމަތީގަ ދިވެހިންގެ އަގު ވެއްޓޭނީ. މުސްލިމުންނަކީ ތިފަދަ ނާތަހުޒީބީ ބައެއް ނޫން.

  11. ދިވެހިންނަކީ ފިސާރި ރިވެތި އަހުލާގެއްގެވެރި ބައެއް. އެހެންނޫނަސް މުޅިދުނިޔެ ބަގުރޫޓްވާއިރު ރާއްެޖޭގެ ހާލާތު ގޯހެއް ނޫން.

  12. ލަކުޑިކަޅޭ

    ކީއްވެނުކެރެންވީ ނުކެރޭނެބަޑިޖަހާކައް ހަމަތިބެންޖެހޭނީ ފުލުހުންނާ ސިފައިން ގޮރުބޯކައް

  13. ނޯ ޓްވިޓާ

    ކޮބާ ތި ހަބަރުގެ ސައްހަ ކަން ސާބިތުކޮށްދޭ ޓްވީޓް؟؟

  14. މުހަމްމަދުބެއްޔާ

    މެމްބަރުން ނަކީ އަމިއްލައައް ހަރާމް ބޮޑު މުސާރަ ކައިގެން ރައްޔަތުންނަށް ހަރާމް ކޯރު ވާ ބައެއް

  15. ޙަމަހަމަ

    ޢެއިިި ދިވެހިންގެ ބަސ

  16. ސައީދު

    ވަންނަންވީ ދިވެހިންގެ ފައިސާއިން ވައްކަންކޮށްގެން ހަދަމުންދާ ބޮޑު ބިލްޑިންގއަށް. ގޯނި ގޯންޏަށް ފައިސާ ނެގި ކަމަށް ބުނާ ވަގުކަލޭގެ ގެޔަށް.