އިސްލާމްއާބާދުގައި ޕިއްޒާ ބޯއީއަކު ރޭޕްކޮށްފި

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ޕިއްޒާ ބޯއީއަކު ރޭޕް ކުރި މައްސަލަ އެއް ފެންމަތިވެއްޖެއެވެ.
އެ ޤައުމުގެ ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގީ އިސްލާމްއާބާދުގެ ޝަރީފާއާބާދު ސަރަހައްދުގައި ޕިއްޒާ ޑެލިވަރީ ބޯއީއެއްގެ ގޮތުގައި މަސައްކަތްކުރި އުމުރުން 20 އަހަރުގެ ފިރިހެނަަށެވެ. އޭނާ ރޭޕްކޮށްފައިވަނީ ފިރިހެނެއް ކަމަށްވެއެވެ.
މި މަސައްލައިގައި ފަސްޓް އިންފޮމޭޝަން ރިޕޯޓް (އެފްއައިއާރު) ފުލުހުން ރަޖިސްޓްރީކޮށްފައިވާއިރު، އައިސީޓީގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕޮލިސް ސުހައިލް ޒަފަރު ޗައްތާ ވަނީ ވީހާވެސް އަވަހަކަށް ޝައްކު ކުރެވޭ މީހާ ހައްޔަރު ކުރުމަށް ކަމާބެހޭ އޮފިޝަލުންނަށް އަންގާފައެވެ.
މިއީ މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ޕާކިސްތާނުގެ ވެރިރަށުގައި ޖިންސީ އަނިޔާގެ މައްސަލަ ހުށަހެޅި ދެވަނަ މައްސަލައެވެ. ޖޫން މަހު ޕާކިސްތާނުގެ ބައިނަލްއަގްވާމީ ޖަމިއްޔާއެއްގައި މަސައްކަތްކުރާ ސްވިޑެންގެ އަންހެނަކު ވަނީ އިސްލާމްއާބާދުގައި ހުންނަ އޭނާގެ ގޭތެރޭގައި ސެކިއުރިޓީ ގާޑުން ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައެވެ.
ފުލުހުން ވަނީ ޕާކިސްތާނުގެ ގާނޫނުލް އުގޫބާތުގެ 376 ވަނަ މާއްދާއާއި 377 ވަނަ މާއްދާގެ ދަށުން މައްސަލައެއް ރަޖިސްޓްރީކޮށް، ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ތަހުގީގުތައް ފަށާފައެވެ.