ގޮޓަބަޔާ ރާއްޖެއަށް ފުރުވާލުމުގައި އިންޑިއާއިން އެހީވި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ރޭ ދަންވަރުގެ ވަގުތެއްގައި ފިލައިގެން ރާއްޖެ އައި ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ރާއްޖެއަށް ފުރުވާލުމުގައި އިންޑިއާގެ ދައުރެއް ނުވާ ކަމަށް ލަންކާގައި ހުންނަ އިންޑިއާ އެންބަސީން ވިދާޅުވެއްޖެއެވެ.
ގޮޓަބަޔާ ރާއްޖެއަށް އައިސްފައިވަނީ މިލިޓަރީ ފްލައިޓެއްގައެވެ. އެކަން ލަންކާގެ އެއާފޯސްއިން ވަނީ ކަށަރުކޮށްދީފައެވެ.
ގޮޓަބަޔާ ފުރުވާލާފައިވަނީ އިންޑިއާ ސަރުކާރު އެހީގައި ކަމަށް ލަންކާގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މިކަމާ ގުޅިގެން ލަންކާގައި ހުންނަ އިންޑިއާ އެންބަސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރައީސް ފުރުވާލުމުގައި އިންޑިއާގެ އެއްވެސް ދައުރެއް ނުވާ ކަމަށާއި ދެކެވެނީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.
ލަންކާގައި ހުންނަ އިންޑިއާގެ އެންބަސީން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާއިން އަބަދުވެސް ލަންކާއަށް އެހީވުމުގައި ދެމިއޮންނާނެ ކަމަށެވެ. އަދި ލަންކާގެ ތަނަވަސްކަމާއި ކުރިއެރުމަށް އެދޭ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް އިންޑިއާއިން އަބަދު ވެސް އެހީތެރިވާނެ ކަމަށް ވިދާޅުވިއެވެ.
ޢިންޑިއާގެ އަތެއް ތިކަމުގަ ނުވެޔެއް ނުދާނެ. މުޅި މިހިސާބަށް ޖެހިފަ އޮތް މުސީބާތެއް ތީ.