ޚަބަރު އިޖުތިމާޢީ

ލަންކާ ރައީސްގެ ދަތުރާ ގުޅިގެން ފޮރިން މިނިސްޓްރީން ހިމޭނުން އޮތުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް: ޝަރީފް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އާދަމް ޝަރީފް އުމަރު.. ދެން އިމޭޖްސް

ސްރީލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ގައުމު ދޫކުރައްވައި ރާއްޖެ ވަޑައިގަތުމުން އެކަމާ އެއްވެސް ނުބުނެ ފޮރިން މިނިސްޓްރީން ހިމޭނުން އޮތުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

Ads by STELCO

ލަންކާގެ ރައީސް ގޮޓަބަޔަ ގައުމު ދޫކުރައްވައި ފިއްލަވައިގެން ރާއްޖެ ވަޑައިގަތީ ރޭ ދަންވަރުގެ ވަގުތެއްގައި އަސްކަރީ މަތިންދާބޯޓެއްގައެވެ. އެ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމުގެ ހުއްދަ ރާއްޖޭގެ އެއާޓްރެފިކް ކޮންޓްރޯލުން ފުރަތަމަ ދީފައިނުވާ ކަމަށާއި އަސްކަރީ މަތިންދާ ބޯޓު ޖެއްސީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު އެކަމަށް މަގުފަހިކޮށް ދެއްވުމުންކަމަށް ސީއެންއެންއިން ރިޕޯޓުކޮށްފައިވެއެވެ.

ގޮޓަބަޔަގެ މި ދަތުރާ ގުޅިގެން ސުވާލު ކުރުމުން ފޮރިން މިނިސްޓްރީން ވަނީ އެކަމަށް ކޮމެންޓެއް ދޭން ދެކޮޅު ހަދައިފައެވެ. ޝަރީފް މިއަދު ވިދާޅުވީ ގޮޓަބަޔަގެ ދަތުރާ ގުޅިގެން ފޮރިން މިނިސްޓްރީން ހިމޭނުން އޮތުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށެވެ.

އަދި މިއީ ރާއްޖޭގެ ސިޔާދަތު ގެއްލިފައިވާކަމާއި ޚާރިޖީ ކަންކަމުގައި ވެސް ގޮތް ނޭނގޭ ޑީލްތައް ހަދަމުންދާކަން ހާމަވާކަމެއްކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވަނީ ސަރުކާރުން ގޮޓަބަޔައަށް ހިމާޔަތް ދިނީތޯ ވެސް ސުވާލު އުފައްދަވައިފައެވެ.

Ads by Ooredoo
  1. އަހުމަދު

    ރާއްޖެއަކީ މުޖުރިމުން ފިލަން އަންނަ ތަނަކަށް ހެދިޔަދީގެން ނުވާނެ.

  2. ޜަމީރު

    މިނިސްޓަރ ނެތޭ ދެން ކާކު ޖަވާބުދާރީވާނީ؟ މިކަން ރަގަޅުކަމަކަށް ވެއޖިއްޔާ ޝާހިދު ގެ ހިންގުންތެރި ހިކުމަތްތެރި ވިސްނުންފުޅު. ނުބަޔަށް ހިނގައްޖިއްޔާ އެމަނިކުފާނަށް ނުވެސް އިނގޭ. ތިކަމުގަ ބެދޭނީ ނިކަމެތި އެއަރޓްރެފިކް ކޮންޓްރޯލަރ.