ޚަބަރު އިޖުތިމާޢީ

ގޮތަބަޔާ ރާއްޖެ ގެނައުމަށް ޖަރީމާ ހިންގީ ރައީސް ޞާލިޙާއި ރައީސް ނަޝީދު: އިދިކޮޅު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް ޞާލިޙް އަދި ރައީސް ނަޝީދު

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ރާއްޖެ ގެނައުމަށް ޖަރީމާ ހިންގަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގުޅިގެންކަމަށް އިދިކޮޅު ޕީޕީއެމްއިން ބުނެފިއެވެ.

Ads by Sosun Fihaara

ލަންކާގެ ރައީސް ފިއްލަވައިގެން ރާއްޖެއައީ ރޭ ދަންވަރުއެވެ. އެކަން ކުށްވެރިކޮށް ޕީޕީއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގޮތަބަޔާ ރާޖަޕަކްސާ ފިއްލަވައިގެން ދިވެހި ސަރުކާރާއި އަސްކަރިއްޔާގެ ހިމާޔަތުގައި ރާއްޖެ ގެނައުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެެވެ. އަދި އެ ކަމަކީ ދިވެހި ރައްޔިތުން އެއްގޮތަކަށް ބަލައިގަންނާނޭ ކަމެއް ނޫންކަމަށް ވެސް ޕީޕީއެމްއިން ބުންޏެވެ.

އަސްކަރީ މަތިންދާ ބޯޓަކަށް ރާއްޖޭގެ ސަރަހައްދަށް ވަދެވޭނީ އެމްއެންޑީއެފްގެ ހުއްދައާއެކުކަން ފާހަގަކުރަމުން ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވަނީ, މި ކަމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ރައްޔިތުންނަށް ޖަވަބުދާރީވާންޖެހޭ ކަމަށެވެ. އަދި މި ޖަރީމާ ހިންގާފައިވަނީ ރައީސް ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދު ގުޅިގެންކަން ވަރަށް ފާޅުކަން ބޮޑުކޮށް އެނގޭކަމަށް ވެސް ބުންޏެވެ.

''...މި ކަމުގެ ހަޤީޤަތް ހާމަކޮށްދެއްވައި ދިވެހި އަދި ލަންކާ ރައްޔިތުންނަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ޖަވާބުދާރީވުމަށް ގޮވާލަމެވެ.'' ބަޔާނުގައިވެއެވެ.

ނަމަވެސް ފޮރިން މިނިސްޓްރީން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ. އަދި ސަރުކާރަކުން ވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. މަޖިލީހުގެ އިދާރާއިން ބުނީ އެކަމުގައި ނަޝީދުގެ ދައުރެއް އޮތްކަމެއް ނޭނގޭ ކަމަށެވެ.

ޕީޕީއެމްއިން ވަނީ ލަންކާ ރައްޔިތުންގެ ވިންދާއި އިޙުސާސްތަކާއި ދެކޮޅަށް ދިވެހި ސަރުކާރުން ޢަމަލުކުރަންޖެހޭކަން ވެސް ފާހަގަކޮށްފައެވެ. އަދި ގޮތަބާޔާއަށް ހިމާޔަތް ދިނުމުގެ ސަބަބުން އެ ޤައުމުގައި ދިރިއުޅޭ އެތައް ހާސް ދިވެހިން ނުރައްކަލަށް ހުށަހެޅިގެން ދިޔުމުގެ ޒިންމާ ނަންގަވަންޖެހޭ ކަން ވެސް ފާހަގަކޮށްފައެވެ.

Ads by Allied Insurance
  1. ޢަހުމަދު

    ގޯޓާބަޔާ ރާޖަޕަކްސަ އަކީ ސްރީލަންކާގެ ރައީސް. ލަންކާ ގެއެތެރޭގެ މައްސަލަ ތަކަކީ ދިވެހި ސަރުކާރުން ބަލާ ހޯދަންބެހޭނެ ކަންކަމެއް ނޫން. ގައުމުތަކުގެ ވެރިން އެހެން ގައުމަކަށް ޒިޔާރަތްކުރުމުގަ އޮންނަ ބައކނަލް އަގްވާމީ ޕްރޮޓޮކޯލްތައް ދިވެހި ސަރުކާރުންވެސް ފޮލޯކުރީ. ނޫސް ބަޔާން ނެރެންޖެހޭ ވަރު މައްސަލައެއް ނޫން. ވެރިކަން ނުލިބިގެން ހެދެން އޮތް ކޮންމެ އެއްޗެއް ހަދަނީ. ދެއުޅިއެއްނުވާ ޒާތުގެ ކަންކަންވެސް ނުރެވެނީ.