އެމްޑީޕީން ވަކިވެ, ޕީޕީއެމްއާ ގުޅުނު މޯޑް އަނެއްކާވެސް އެމްޑީޕީއަށް

ރައްޔިތުން މަޖިލީހުގެ އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ރަޝީދު (މެޓްރިކްްސް މޯޑް) އަލުން އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
އެމްޑީޕީން ވަކިވެވަޑައިގަތުމަށްފަހު ޕީޕީއެމްއަށް ސޮއިކުރެއްވުމަށްފަހު އަނެއްކާ ވެސް އެމްޑީޕީއަށް ސޮއިކުރެއްވި ސަބަބެއް ސާފެއް ނޫނެވެ.
ހިތަދޫ ޕީޕީއެމްގެ ރައީސްކަން ކުރެއްވި މޯޑް އެމްޑީޕީއަށް ސޮއިކުރެއްވީ މީގެ މަހެއްހައި ދުވަސް ކުރިންކަމަށް މަޢުލޫމާތު ލިބެއެވެ.
މޯޑް އެމްޑީޕީއާ ގުޅިވަޑައިގަތުމުން އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު މިއަދު ވަނީ މަރުހަބާ ދަންނަވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި މޯޑަކީ އެމްޑީޕީއަށާއި ޑިމޮކްރެޓިކް ހަރަކާތުގެ މުހިންމު ބައިވެރިއެކެވެ. އަދި މީ އެމްޑީޕީގެ އައްޑޫ ހަރަކާތްތަކަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށް ނިޒާރު ވިދާޅުވިއެވެ.
ޕޕމޢައް އެދިޔައީ އެޕާޓީން ފޮނުވާގެން ނުބާ ހަދާ ސީއައިޑީހޯދަންވެގެން އަދީބު ދިންލަޑަށްފަހުވެސް ހޭނާރަނީތަ މޑޕ ކިތައްފަހަރ އެގޮތަށް ލަޑުދެނީ