ޚަބަރު ސިޔާސީ

ދީނީ ޢިލްމުވެރިއަކަށް އަޅުގަނޑު އަނިޔާއެއް ނުކުރާނަން: އިމްރާން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މިނިސްޓަރ އިމްރާން، ޕޮލިސް ކޮމިޝަނަރއާއެކު.. ފޮޓޯ/ވަން

އެއްވެސް މީހަކަށް އަނިޔާއެއް ނުކުރައްވާނެ ކަމަށާއި, ވަކިން ޚާއްސަކޮށް ދީނީ ޢިލްމުވެރިއަކަށް އަނިޔާއެއް ނުކުރައްވާނެކަމަށް ހޯމް މިނިސްޓަރު އަދި ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

Ads by STELCO

އިމްރާން މިހެން ވިދާޅުވެފައި މިވަނީ ޔޯގާ ހަރަކާތާ ގުޅިގެން ރާއްޖޭގެ ދެ ޢިލްމުވެރިއަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރަމުންދާތީ ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާ ވަގުތެއްގައެވެ.

އިމްރާން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް މީހަކަށް އަނިޔާއެއް ނުކުރައްވާނެ ކަމަށާއި ވަކިން ޚާއްސަކޮށް ދީނީ ޢިލްމުވެރިއަކަށް އަނިޔާއެއް ނުކުރައްވާނެ ކަމަށެވެ. އަދި އަނިޔާ ލިބެމުންދާ މީހުންގެ ދުޢާއިން ރައްކާތެރިވުމަށް އަބަދުވެސް ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ޔޯގާ ޑޭ ގެ ހަރަކާތާ ގުޅިގެން ރާއްޖޭގެ ހައްޔަރުކޮށްފައިވަނީ އައްޝައިޚް އާދަމް ނިޝާނާއި އައްޝައިޚް ފަޟްލޫން މުޙައްމަދެވެ. އެ ދެ ޢިލްމުވެރިން މިނިވަން ކުުރުމަށް ގިނަ ބަޔަކު އަންނަނީ ގޮވައިލަމުންނެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!