ޚަބަރު ސަރުކާރު

ކަންބޮޑުވުންތައް ހުއްޓާ، މަސްދަރު ހާމަކުރާ ބިލް ތަސްދީޤްކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، އެޕާޓީގެ އިސް ލީޑަރު، އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު--

ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހެއްކާބެހޭ ބިލު ތަސްދީޤު ކުރައްވައިފިއެވެ.

Ads by MWSC

ހެއްކާބެހޭ ބިލަކީ 2022 ޖޫން 30 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ ޖަލްސާގައި ފާސްކުރި ބިލެވެ.

އެ ބިލުގައިވާ ގޮތުން ގައުމީ ސަލާމަތާއި ޓެރަރިޒަމްގެ ކުށްތަކުގައި ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް ކޯޓަށް އެންގިދާނެއެވެ. އެހެން ނަމަވެސް މަސްދަރު ހާމަނުކުރުމުގެ ހައްގު ގާނޫނު އަސާސީން ނޫސްވެރިންނަށް ލިބިދެއެވެ.

މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް ބިލު ފާސްކުރުމުން ނޫސްވެރިން ވަނީ މަޖިލިސް އިދާރާ ކައިރީގައި އިހުތިޖާޖު ވެސް ކޮށްފައެވެ. އޭގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލުން ރައީސް ޞާލިހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ހެއްކާ ބެހޭ ބިލު މިހާރު އޮތް ގޮތުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ހަނިވެގެންދާނެ ކަމަށެވެ. އަދި އެ ބިލު ތަސްދީގު ނުކުރައްވައި މަޖިލީހަށް އަނބުރާ ފޮނުވައިލެއްވުމަށް މީޑިއާ ކައުންސިލުން ފޮނުވި ސިޓީގައި ވަނީ އެދިފައެވެ.

ރައީސް މިއަދު މި ބިލު ތަސްދީޤުކުރެއްވުމާއި ގުޅިގެން ހެއްކާބެހޭ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް މިއަދުން ފެށިގެން 6 މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

Ads by HDC
  1. ޙަސަންބޭ

    ތިޔަކުރަނީ ނޫސްވެރިކަމެއް ނޫން! ތިއީ ފިތުނަވެރިކަން! ނޫސްވެރިކަމުގެ ނަމުގަ ނުކުމެ ފިތުނަކޮށް، މީހުންގެ އަބުރު ކަތިލާއިރު އިލާހީ ކޯފާއެއް އަތުވެދާނެ ކަމަށް ބިރުވެތިވޭ!

  2. ދުލާއި ޤަލަމުގެ މިނިވަންކަން ހޯދަން އެންމެ ބޮޑަށް ވަކާލާތުކުރި މީހުން މިއަދު މިފެންނަނީ އިދިކޮޅަށް ކުޅޭތަން !