ޚަބަރު ސިޔާސީ

ހިޔަޅަށް މޭބިސްކަދުރު ހުތްވި ފަދައިން ރައީސް ޞާލިޙާއި ނަޝީދަށް މިނިވަން ނޫސްވެރިކަން ހަޖަމެއްނުވޭ: މަލީހް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ކުރީގެ ޔޫތު މިނިސްޓަރ މަލީހް؛ފޮޓޯ ރަައްޔިތުްންގެ މަޖިލިސް

ހިޔަޅަށް މޭބިސްކަދުރު ހުތްވި ފަދައިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށާއި, ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް މިހާރު މިނިވަން ނޫސްވެރިކަން ހަޖަމު ނުކުރެއްވޭކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Ads by STELCO

ހެއްކާ ބެހޭ ޤާނޫނުގެ 136 ވަނަ މާއްދާ އިސްލާހުކުރަން ގޮވައިލާ 158 ނޫސްވެރިއަކު ސޮއިކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ޕެޓިޝަނެއް ހުށަހަޅާފައިވަނިކޮށް ރައީސް ޞާލިޙް އިއްޔެ އެ ބިލު ތަސްދީޤު ކުރެއްވުމުން ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ހެއްކާބެހޭ ބިލުގައިވާ ގޮތުން ގައުމީ ސަލާމަތާއި ޓެރަރިޒަމްގެ ކުށްތަކުގައި ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް ކޯޓަށް އެންގިދާނެއެވެ. އެ ގޮތުން ނޫސްވެރިން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނޫސްވެރިންގެ ޖަމްޢިއްޔާއިން ބުނި ގޮތުގައި ރައީސް ބިލް ތަޞްދީޤު ކުރެއްވުމަކީ މިނިވަން ނޫސްވެރިކަމަށް އޮތް ހުރަހެއް ކަމަށެވެ.

މަލީހް ވިދާޅުވީ ހެއްކާބެހޭ ޤާނޫނު, ޤާނޫނު އަސާސީގެ 16ވަނަ މާއްދާއި ޚިލާފު ކަމަށެވެ. އަދި 28 ވަނަ މާއްދާއިން ލިބިދޭ މިިނިވަން ނޫސްވެރިކަމަށް ހުރަސް އަޅާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

''ހިޔަޅަށް މޭބިސްކަދުރު ހުތްވި ފަދައިން ރައީސް އިބޫއާއި ރައީސް ނަޝީދަށް މިނިވަން ނޫސްވެރިކަން މިހާރު ހަޖަމް ނުވޭ. ދެ ބޭފުޅުން އިސްތިއުފާ ދެއްވާ.'' މަލީހް ވިދާޅުވިއެވެ.

ރައީސް ޞާލިޙް އިއްޔެ ބިލު ތަސްދީޤު ކުރައްވާފައިވާއިރު, މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްޤު ހިމާޔަތްކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދާ އެއް ގޮތަށް ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ފުރިހަމަ މިނިވަންކަމާއި, މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤު ކުރިމަގުގައި ވެސް ދިވެހި ނޫސްވެރިންނަށާއި ދިވެހި ރައްޔިތުންނަށް ފުރިހަމައަށް ލިބިދޭނެކަން ޔަޤީންކަން ދެއްވައިފައެވެ.

Ads by HDC
  1. އައި

    ތީ ޔާމީނަށްވެސް ވީވަރު ވެރިކަން ހަމަލިބޭއިރަށް ހަޖަމްގެ ބައި މައްސަލަޖެހެނީ