Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

17 މީހުންނާއެކު ދަތުރުކުރި ލޯންޗެއް ދިޔަވާތީ އެހީތެރިކަން ފޯރުކޮށްދީފި

17 މީހުންނާއެކު ދަތުރުކުރި ލޯންޗެއް ދިޔަވާތީ އެހީތެރިކަން ފޯރުކޮށްދީފި

ބ.ގޮއިދޫން ފުރައިގެން ހދ.ކުޅުދުއްފުއްޓަށް ދަތުރުކުރަމުން ދިޔަ "ފްލައިންގ ފިޝް 12" ނަމަކަށް ކިޔާ ލޯންޗެއް ދިޔަ ވެގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ 17 މީހުންނާއެކު ދަތުރުކުރި 24 ފޫޓުގެ މި ލޯންޗު ދިޔަވާ ކަމުގެ މައުލޫމާތު ހދ. ކުޅުދުއްފުށީ ފަޔާ ސްޓޭޝަނަށް ލިބިފައިވަނީ މިއަދު ހެނދުނު 08:03 ހާއިރު ކަމަށެވެ.

ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ސިފައިން ލޯންޗު އޮތް ސަރަހައްދަށް ގޮސް ޕަންޕު ބޭނުންކޮށްގެން ލޯންޗުން ފެން ހިއްކުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

Advertisement
Ooredoo — Square (box)

އެނގިފައިވާ ގޮތުގައި އެ ލޯންޗު ދިޔަވާން ފެށީ ދަތުރުކުރަމުން ދަނިކޮށް ލޯންޗުގެ ބައެއް ފަޅައިގެން ގޮސްގެނެވެ. އަދި ދިޔަވާން ފެށުމުން ކުޅުދުއްފުށީ ބަނދަރަށް ވައްދައި ދިޔަ ހިއްކުމުގެ މަސައްކަތް ފެށި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް