ޕާކިސްތާނުގައި ކައިވެންޏަކަށް ދިޔަ ދޯންޏެއް ކަނޑުވެ، 20 މީހަކު މަަރުވެއްޖެ
ޕާކިސްތާނުގެ ޕަންޖާބް ޕްރޮވިސްގައި 100 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ފެރީއެއް ފޮރޮޅާލާ، 20 މީހުން މަރުވެ، އިތުރު ބަޔަކު ގެއްލިއްޖެއެވެ.
ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކަނޑުވެފައިވަނީ ކައިވެންޏަކަށް ދިޔަ އަވަށެއްގެ ބައެއް ކަމަށެވެ.
ސަރުކާރުގެ ބަޔާނެއްގައިވާ ގޮތުން އެ ފެރީން ދަތުރުކުރަމުން ދިޔައީ އެއް އާއިލާއަކުން މީހުންނެވެ، އަދި ގިނައިން ތިބބީ އަންހެނުންނާއި ކުޑަކުދިންނެވެ.
އިންޑަސް ކޯރު ހުރަސްކޮށް ސާދިޤާބާދު ޑިސްޓްރިކްޓްގެ މަޗްކާ އާއި ޚާރޯރުއަށް ދިޔަ ދޯންޏެވެކެވެ.
ދޯނި ބަންޑުން ޖަހާލުމުން ބައެއް މީހުން ހިއްކަަށް އެރިއެވެ. އަނެއް ބަޔަކު ސަލާމަތް ކުރީ އޭރު އެތާ ކައިިރީ ބަސްބާނަން ތިބި މަސްވެރި ދޯންޏެކެވެ.
"މިހާތަނަށް އަޅުގަނޑުމެންނަށް 20 ހަށިގަނޑެއް ފެނިފައިވަނީ،" އޭގެ ތެރެއިން ގިނައީ އަންހެނުން ކަމަށް ލޯކަލް ގަވަރމަންޓްގެ އޮފިޝަލް އަސްލަމް ތަސްލީމް ލޯކަލް ޓީވީ ސްޓޭޝަން، ޖިއޯ ނިއުސް ޓީވީއަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަކަށް ޔަގީނެއް ނުވޭ ސީދާ ކިތައް މީހުން ދޯނީގައި ތިއްބެވި ކަމެއް. އަޅުގަނޑުމެންނަށް އެސްޓިމޭޓްތައް ލިބެނީ އެއް އާއިލާގެ މެމްބަރުންގެ ކަމަށް އަދި 100 އާ ގާތް ކުރާނެ ކަމަށް،"