ޚަބަރު

ރައީސް މައުމޫނުގެ ކައިވެނިފުޅަށް މިއަދު 53 އަހަރު, އެކަމުގެ ސިއްރު މައުމޫނުގެ ދުލުން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި އެ މަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާގެ ކައިވެނިފުޅަށް މިއަދު 53 އަހަރުވެއްޖެެއެވެ.

Ads by Hajj Corporation

ރައީސް މައުމޫނާއި ނަސްރީނާ ކައިވެނި ބައްލަވައިގަތީ 1969 ޖުލައި 20 ގައެވެ. ކައިވެނި ބައްލަވައިގަތީ މިޞްރުގައެވެ.

ނަސްރީނާއާއެކު މިހާ ދިގު މުއްދަތެއް ވަންދެން ހުންނެވުމުގެ
ސިއްރަކީ ތެދުވެރިކަމާއި, އިޙްތިރާމާއި, ލޯބިކަމަށް މިދިޔަ އަހަރު ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ
ކައިވެނިފުޅަށް 52 އަހަރުވީއިރު ވެސް ނަސްރީނާ ވަރިކުރައްވާފައެއް ނުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ހުންނަވާނީ ނަސްރީނާއާއެކު ކަމަށެވެ.

ރައީސް މައުމޫނު ވިދާޅުވި ގޮތުގައި ކައިވެންޏަކީ ދެމަފިރިން ދޭތެރޭ އޮންނަ އިހުތިރާމާއި, ލޯތްބާއި, ވަފާތެރިކަމެވެ. މި ސިފަތަކުގައި ނުހިފާނަމަ ގުޅުން ކުރިއަށް ނުދާނެކަމަށް ވެސް ރައީސް މައުމޫނު ވަނީ ވިދާޅުވެފައެވެ.

  1. އަޙްމަދު ނަޝީދު

    މިހާރު މީހުން ތި ދައްކަމުން ގެންދާ ދޮގު ވާހަކަތަކަށް ދާއިމީ ހައްލެއް މިއޮތީ ރައީސް މައުމޫނު ދެއްވާފަ. މިބުނީ އެމަނިކުފާނުން މެޑަމް ނަސްރީނާ ތިންފަށް ކުރެއްވި ކަމާ ފަށްކެނޑުއްވުމަށްފަހު އަލުން ކައިވެނި ކުރެއްވި ކަމާ މިހުރިހާ ޙަޤީޤަތެއް ނެތް ބުހުތާން ދޮގުވާހަކަ. މިވަރުންވެސް ކޮންމެސް އެއްޗެކޭ ކިޔާނެ

  2. ސަމީރު

    ކައިވެނި ކުރި އިރު ނައްޓޫ ބަނޑު ބޮޑު.

  3. ދެން ކީއްވެ މޑޕ އިން އޭރުގަ ބުނަމުން ދޔައީ 3 ފަށްވިއޭ؟

  4. ހުއްޗަނު

    އައްސަރިބަހާސާބަސް

  5. ޞައްދާމު

    ކައިވެނިކުރި ޢުމުރު ޖަހާލިނަމަ!