ސްނެޕްޗެޓު ސްޓްރީކު ހެދުމަކީ ބޭކާރު ކަމެެއް
ސްނެޕްޗެޓަކީ މިހާރު ޒުވާނުންގެ މެދުގައި އެންމެ މަގްބޫލު އެޕްލިކޭޝަން އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ގުޅުންތައް ބަދަހި ކުރުމަކީ ސްނެޕްޗެޓުގެ މައިގަނޑު އަމާޒު ކަމަށް ވާއިރު ސްނެޕްޗެޓު ބޭނުން ކުރާ މީހުންގެ ތެރޭގައި އެންމެ ނަން ހިނގާ ފީޗާއަކީ ސްނެޕްޗެޓު ސްޓްރީކެވެ. ހަމައެކަނި ސްނެޕްޗެޓު ސްޓްރީކު ހެދުމަށް ސްނެޕްޗެޓު ބޭނުން ކުރާ މީހުން ވެސް އުޅެއެވެ.
ސްނެޕްޗެޓްގެ ސްޓްރީކަކީ ދެމީހަކު މެދުކެނޑުމެއްނެތި ކޮންމެ ދުވަހަކު އެކަކު އަނެކަކަށް ސްނެޕް ކުރުމުން ސްނެޕްޗެޓުން ފެންނަ އެއްޗެކެވެ. އަދި މެދުކެނޑުމެއް ނެތި ސްނެޕްކުރާ ކޮންމެ ދުވަހަކަށް ސްޓްރީކުން އަަދަދެއް އިތުރުވަމުން ދާނެއެވެ. މަޖާ ކުޅިވަރަކަށް ވެސް ބައެއް މީހުން މިކަންކޮށް އުޅެއެވެ. އަނެއް ބަޔަކު ކުރަނީ އެކަން ކުރަން ފެށުނީތީ ހުއްޓާ ނުލާށެވެ.
އެންމެ ދުވަހަކު ވެސް ސްނެޕް ނުކޮށްގެން ސްޓްރީކު ގެއްލިއްޖެނަމަ ކަންތަކާ ޖެހުނީއެވެ. ސްޓްރީކު ގެއްލިގެން ގުޅުންތައް ކެނޑޭ ހިސާބަށް ވެސް ގޮސްފައި އެބަހުއްޓެވެ.
ނަމަވެސް ސްނެޕްޗެޓް ސްޓްރީކަކީ ހަމަ މިހައި މުހިންމު އެއްްޗެއް ހެއްޔެވެ؟ އެތަކެއް އަހަރު ވީ ގުޅުންތައް އެންމެ ދުއިސައްތަ ދުވަހުގެ ސްޓްރީކެއް ގެއްލިގެން ކެނޑޭހައި ނިކަމެތި ހެއްޔެވެ؟
ހަގީގަތަކީ ސްނެޕްޗެޓު ސްޓްރީކަކީ އެހާ މުހިންމު އެއްޗަކަށް ވެގެން ނުވާނެކަމެވެ. ސްޓްރީކު ނުކުރާށެކޭ ނޫނެވެ. އެއަށް ދެވި ނުހިފަންވީއެވެ. އެ ގެއްލުމުން ހިތް ހަލާކު ނުވާންވީއެެވެ. ގުޅުންތައް ނުކަނޑަންވީއެވެ. ސްނެޕްޗެޓާއި ސްޓްރީކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަންވީއެވެ.
ތެންކްސް ސްޓްރީކް ނުގެއްލެނީސް ހަނދާން ކޮށްލަދިނީމަ. ނޫނީ ބުރޭކަޕު ވެދާނެ.
އަޅުގަނޑަށް ސްޓްރީކް ވަރަށް މުހިއްމު. އެހެން ގައުމުތަކުގައި ތިބި ރަޙުމަތްތެރިންނާ ގުޅުން ނުކެނޑި ދެމެހެއްޓޭތީ. ސްޓްރީކް ކުރާ ރަހުމަތްތެރިންނާއި ފަހުންވެސް ވާހަކަ ދައއކައިގަންނަން ފަސޭހަ. ގުޅުން ކެނޑުނު ކަމަށް ހީނުވާތީ. އެހެން ކުދިންނާ ފަހުން ވާހަކަދައްކައިގަންނަން ފަސް ޖެހޭ ގޮތްވޭ.