ޚަބަރު އިޖުތިމާޢީ

ރާއްޖެއަށް އެތެރެކުރަން އުޅުނު 8.1 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މީގެ ކުރިން ރާއްޖެއަށް އެތެރެކޮށްފައިވާ މަސްތުވާތަކެތި

އެތެރެހަށީގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު 2.3 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

Ads by Sosun Fihaara

ކަސްޓަމްސްއިން އަތުލައިގަތީ ވައިގެ މަގުން ޖޫންމަހުގެ 28 ގައި ރާއްޖެ އައި އިތިއޯޕިއާގެ ދެ މީހަކު އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗެވެ. އެ ދެ މީހުންނަކީ އިނގިރޭސިވިލާތުގެ 41 އަހަރުގެ ދެ މީހުންނެވެ. އެ ދެ މީހުން މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރީ ދިރުވާލައިގެން ހަށިގަނޑުގެތެރޭގައި ފޮރުވައިގެންނެވެ.

ކަސްޓަމްސްއިން މިއަދު ބުނީ އެ ދެ މީހުންގެ ހަށިގަނޑުގެތެރެއިން ''ފޮރިން ބޮޑީސް'' ފެނިފައިވާއިރު އެ ފޮރިން ބޮޑީސްތަކުގެތެރޭ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިން ރައްކާކޮށްފައިވާ ކަމަށް ޝައްކު ކުރެވިފައިވާ ކަމަށާއި, އެ ދެ މީހުންގެ އެތެރެހަށިން ފޮރިން ބޮޑީސްގެ ގޮތުގައި ޖުމްލަ 220 ބްލެޓު ނަގާފައިވާ ކަމަށެވެ. އެ ތަކެތީގެ ބަރުދަނުގައި ޕެކިންގ އާއެކު 2.328 ކިލޯ ހުރި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން ހާމަކުރި ގޮތުގައި އެ ތަކެތީގެ މަގުމަތީ އަގު 8,100,000 ރުފިޔާއަށް އަރައެވެ. އެ ތަކެއްޗާއި މި މައްސަލައިގައި ޝާމިލްވާ މީހުން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!