ޚަބަރު ސަރުކާރު

އަންނަ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް/ ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ މިނިވަންދުވަހާ ގުޅިގެން އަންނަ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

Ads by STELCO

ރައީސް އޮފީހުން މިއަދު ބުނީ މި އަހަރުގެ މިނިވަންދުވަހާ ގުޅިގެން ކުރިން ވެސް ހަމަޖައްސަވާފައިވާ ގޮތުގެ މަތިން ސަރުކާރު ބަންދުވާނީ ޖުލައި މަހުގެ 28 ވާ ބުރާސްފަތި ދުވަހު ކަމަށެވެ.

އެހެންކަމުން މިނިވަންދުވަހާ ގުޅިގެން 26 ޖުލައި ވާ އަންގާރަ ދުވަހުން ފެށިގެން ސަރުކާރު ބަންދުވުމަށްފަހު އޮފީސްތައް ދެން ހުޅުވޭނީ ޖުލައި މަހުގެ 31 ވާ އާދީއްތަ ދުވަހުކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ޖުލައި މަހުގެ 24 ވަނަ ދުވަހާއި 25 ވަނަ ދުވަހު ސަރުކާރު ބަންދުކުރައްވާ ގޮތަށް ހަމަޖެހިފައެއް ނުވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!