ޚަބަރު އިޖުތިމާޢީ

ހިތަދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އަލަމާގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބުނު. ފޮޓޯ: ޕީއެސްއެމް

އައްޑޫ ސިޓީ ހިތަދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

Ads by STELCO

ފުލުހުން ބުނީ އެ ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު މެންދުރު 12:15 ހާއިރު ކަމަށެވެ.

އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއްވީ ހިތަދޫ އަލަމާގެއަށެވެ. އެ ގޮތުން އެ ގޭގެ އެއް ކޮޓަރި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. ރޯވި ވަގުތު ކޮޓަރީގައި އަގު ބޮޑު އިލެކްޓްރިކް ސާމާނުތައް ހުރިއެވެ.

އެ ގޭގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ މެންދުރުފަހު 12:33 ހާއިރުއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފުނުވާއިރު މިކަމުގައި އެމްއެންޑީއެފުގެ ބަހެއް ވެސް އަދި ނުލިބެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!