ދުނިޔެ

އަފްގާނިސްތާނުގެ އެންމެ ގާތް އެކުވެރިޔާއަކީ އިންޑިއާ ކަމަށް އަފްގާނުގެ 69 އިންސައްތަ މީހުން ޤަބޫލު ކުރޭ: ދިރާސާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ތާލިބާނުން މިހާރު ވެރިކަން ކުރަމުން އަންނަ އަފްގާނިސްތާނުގެ އެންމެ އެކުވެރި ޤައުމަކީ އިންޑިއާ ކަމަށް އެ ޤައުމުގެ ގިނަ ރައްޔިތުން ޤަބޫލު ކުރާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

Ads by WAMCO

މިހެން ދައްކާފައިވަނީ އަފްޣާނިސްތާނުގެ ރައްޔިތުންގެ ވިސްނުން ހުރި ގޮތް ހޯދުމަށް ބްރަސެލްސްގެ ނޫހެއް ކަމަށްވާ އީޔޫ ރިޕޯޓަރ އިން ހެދި ސާވޭއެއްައެވެ.

އެ ސާވޭގައި އަފްގާނިސްތާނުގެ އާންމު ރައްޔިތުން އެމީހުންގެ މާޒީއާއި މިހާރުގެ މަންޒަރާއި މުސްތަގުބަލުގެ އުންމީދުތައް ވަޒަންކުރާ ގޮތުގެ ވިސްނުމާ ގުޅޭ ގޮތުން ވަނީ ސުވާލުކޮށްފައެވެ.

ޑޭޓާތަކުން ދައްކާ ގޮތުގައި އަފްޣާނިސްތާނުގެ 67 ޕަސެންޓަށް ވުރެ ގިނަ މީހުން ގަބޫލުކުރާ ގޮތުގައި އެމެރިކާ ސިފައިން އަފްގާނުގައި ޤާއިމްވެ ތިބުމަށްފަހު ކުއްލިއަކަށް ފޭބުމަކީ ކާބުލްއާ ހަވާލުވުމަށް ތާލިބާނުންނަށް ފުރުސަތު ފަހިވި ކަމއެވެ.

އިންޑިއާއަކީ މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އަފްޣާނިސްތާނުގައި އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ޤައުމެވެ. މިގޮތުން ގާތްގަނޑަކަށް ތިން ބިލިއަން ޑޮލަރު އިންޑިއާއިން ވަނީ އަފްގާނިސްތާނަށް ދީފައެވެ. އިންޑިއާއަކީ އަފްގާނިސްތާނަށް ފަސް ވަނައަށް އެންމެ ބޮޑު އެހީތެރިކަން ފޯރުކޮށްދިން ގައުމެވެ.

އިންފްރާސްޓްރަކްޗާ ބިނާކުރުމުން ފެށިގެން މެޑިކަލް ސްޓާފުންނާއި ކާބޯތަކެތީގެ ޓީމުތައް ފޮނުވުމާ ހަމައަށް އިންޑިއާގެ އެހީތެރިކަން ޕާކިސްތާނަށް ފޯރުކޮށްދީފައިވެއެވެ. މިގޮތުން، ދާދިފަހުން އަފްގާނިސްތާނަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ އަފްގާނިސްތާނުންނެވެ.

Ads by Ooredoo
  1. ކުރީގައި އިންޑިޔާއާއި މުޅި ސަރަހައްދުގައި ވެރިކަން ކުރީ އަފުޢާނިސްތާނުގައި އޮތް މަހުމޫދު ޢަޒުނަވީގެ ސަރުކާރުން !