ދުނިޔެ

ޔޫކޭގެ ޖާސޫސީ އިދާރާއިން އެންމެ އިސްކަން ދޭ ޤައުމަކީ ޗައިނާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިނގިރޭސި ވިލާތުގެ ސީކްރެޓް އިންޓެލިޖެންސް ސާވިސް (އެސްއައިއެސް) ނުވަތަ އެމްއައި16 އިން އިންޓެލިޖެންސް މައުލޫމާތު އެއްކުރުމުގައި މިހާރު އެންމެ އިސްކަންދޭ ގައުމަކީ ޗައިނާ ކަމަށް އެ ގައުމުގެ ޖާސޫސީ ވެރިޔާ ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ކޮލޮރާޑޯގައި އިއްޔެ ބޭއްވި އެސްޕެން ސެކިއުރިޓީ ފޯރަމްގައި ވާހަކަދައްކަވަމުން ރިޗާޑް މޫރް ވިދާޅުވީ, ބެއިޖިންގެ ސްޓްރެޓެޖިކް ލަނޑުދަނޑިތައް ހަސިލުކުރާ ގޮތް ދެނެގަތުމަކީ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

“ޗައިނާއިން އެ ސްޓްރެޓެޖީތައް ތަންފީޒުކުރާ ގޮތާއި އެމީހުން އެކަން އިންތިޒާމުކުރާ ގޮތާއި އެމީހުންގެ ޓެކްޓިކަލް ނިޔަތަކީ ކޮބައިތޯ އަދި ދެން އެމީހުން ހޯދަމުންދާ ގާބިލުކަމަކީ ކޮބައިތޯ ހޯދާބަލައި އިރު, އެއީ ކަޅު ފޮށިގަނޑެއް،” މޫރް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ, އެކަން އިނގިރޭސި ވިލާތުގެ ވަޒީރުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ވިސްނައިދިނުމަށް އެހީތެރިވުމުގައި އެސްއައިއެސް ފަދަ ޖަމިއްޔާތަކުގެ ދައުރެއް އެބަ އޮތް ކަމަށާއި އޭރުން ޗައިނާއާއެކު އުދަނގޫ ގުޅުމެއް ކުރިއަށް ގެންދަން އެ ފަރާތްތަކަށްވެސް ފަސޭހަވާނެ ކަމަށެވެ.

Ads by Ooredoo
  1. އިގުރޭސިން އަދިވެސް މިއުޅެނީ ޤައުމުތަށް އަޅުވެތި ކުރުމުގައި !