ޚަބަރު އިޖުތިމާޢީ

އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގި މީހުން ކަރަންޓީނު ކުރަންޖެހޭ: އިޔާޟް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ދެން އިމޭޖްސް

ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގި މީހުން ކަރަންޓީނުކުރަންޖެހޭ ކަމަށް ޑރ.މުޙައްމަދު އިޔާޟް ވިދާޅުވެއްޖެއެވެ.

Ads by STELCO

އަލަމްގިރި ގާތަށް ރާއްޖޭގެ އެތައް ސަތޭކަ މީހުންނެއް ދިޔަ ކަމަށާއި, އެކަމުގެ ސަަބަބުން އެތައް ބައެއްގެ ސިއްހަތަށް ނުރައްކާވެދާނެފަދަ ބައްޔެއް ވެސް ފެތުރިފައި އޮވެދާނެކަމަށް ލިޔެފައިވާ ޚަބަރާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އިޔާޟް މިއަދު ވިދާޅުވީ ސިއްހީ ކާރިސާއެއް ކުރިމަތިވެ ޤައުމު ހިތާމަކުރަން ޖެހުމުގެ ކުރިން އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގި މީހުން ކަރަންޓީނުކުރަންޖެހޭ ކަމަށެވެ. އަދި ފިޔަވަޅު އެޅުމުގައި ގާތްމީހެއް ދުރުމީހެއް ތަފާތު ކުރެވިގެން ނުވާނެކަމަށް ވެސް ފުލުހުންނަށް ޓެގް ކުރައްވައި ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މިކަމެއްގެ ސަބަބުން ސިއްހީ ކާރިސާއެއް ކުރިމަތިވެ މުޅި ޤައުމު އެކަމުގެ ހިތާމަކުރަންޖެހުމުގެ ކުރިން އެކަމުގައި ބައިވެރިވާ އެންމެން ކަރަންޓީނުކޮށް އަދަބު ދެވެންޖެހޭ. ފިޔަވަޅު އެޅުމުގައި ގާތްމީހެއް ދުރުމީހެއް ތަފާތު ކުރެވިގެން ނުވާނެ.'' އިޔާޟް ވިދާޅުވިއެވެ.

‏އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގި މީހުންގެ ތެރޭގައި މާލޭގެ ބައެއް ސްކޫލްތަކުގެ ޓީޗަރުން ހިމެނޭ ކަމަށާއި, މިނިސްޓްރީއަށް ވެސް އެކަން އެނގޭއިރު އެ މީހުންނާމެދު ފިޔަވަޅު ނާޅަނީ ކީއްވެތޯ އައްޝައިޚް ޢަލީ ޒައިދު ރޭ ވަނީ ސުވާލު ކުރައްވައިފައެވެ.

''ދަރިވަރުންގެ ސަލާމަތަށްޓަކައި އެމީހުން ވަކިކުރައްވާ! މިފަދަ މީހުން ހިމާޔަތްކޮށްގެން ނުވާނެ!'' ޒައިދު ވިދާޅުވިއެވެ.

އަލަމްގިރިއާއެކު ރާއްޖޭގެ ހައިޕްރޮފައިލް ބޭފުޅުންތަކަކާއެކު އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ ވީޑިއޯތަކެއް އާންމުވުމާއެކު ފުލުހުން ބުނީ އެކަން ބަލަމުން އަންނަ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!