ކަޝްމީރުގެ ޕާކިސްތާނުގެ ފަޅީގައި ބޮޑެތި މުޒާހަރާތަކެއް

ކަޝްމީރުގެ ޕާކިސްތާނުން ވެރިކަން ކުރަމުން އަންނަ ސަރަހައްދުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.
މި ސަރަހައްދުގައި މުޒާހަރާ ކުރަން ފަށާފައިވަނީ މުޅި ޕާކިސްތާނުގައި، އިންފްލޭޝަންއާއެކު ތަކެތީގެ އަގުތައް އުފުލުމާއެކު އެކަމުގެ އަސަރު ކަޝްމީރަށް ވެސް ކުރުމުންނެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ބައެއް ފިހާރަތަކުގައި ރޯކޮށް، އަދި ކަޝްމީރުގެ މައި މަގެއް އެއްކޮށް ބްލޮކްކޮށްފައެވެ. މުޒާހަރާ ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވި ޕާކިސްތާނުގެ ފުލުހުންނަށް ހަމަލާދީގެން މިހާތަނަށް 65 މިހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި މުޒާހަރާ ރޫޅާލުމަށް ބާރުގެ ބޭނުންކޮށް، ބަޑި ވަނީ ޖަހާފައެވެ. ގިނަ ބަޔަކަށް ދަނީ ފަރުވާ ދެމުންނެވެ.
މުޒާހަރާގެ ބައިވެރިން ބުނަމުން އަންނަނީ ޕާކިސްތާނުން އަންނަނީ ކަޝްމީރުގައި ދިރިއުޅެމުން އަންނަ 4 މިލިޔަނެއްހާ މީހުންގެ ޙައްޤުތައް ހިފަހައްޓަމުން ކަމަށެވެ. އަދި އެ މީހުން ޕާކިސްތާނުގެ ބޮޑެތި ސިޓީތަކަށް ބަދަލުވުމަށް މަޖުބޫރު ކުރުވާ ކަމަށާއި، މިގޮތަށް ކަންތައް ކުރުމުން މަސައްކަތް ކުރުވަނީ ހަމައެކަނި ލޭބަރުންގެ ގޮތުގައި ކަމަށެވެ. ތަކެތީގެ އަގު އުފުލެމުން އަންނަ މި ދަނޑިވަޅުގައި، އަތާއި އަނގަ ދިމާނުވާ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެއެވެ.