ދުނިޔެ

ފެންބޮޑުވެގެން ހިނގި ހާދިސާތަކުގައި ޕާކިސްތާނުން މަރުވި މީހުންގެ އަދަދު 114 ކުޑަކުދިނާއެކު 312 އަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މޫސުމީ ވާރޭގައި، ފެންބޮޑުވި، ހިނގާފައިވާ ހާދިސާތަކުގައި ޕާކިސްތާނުގައި ގިނަ ބަޔަކު މަރުވެއްޖެއެވެ.

Ads by WAMCO

ޖޫން މަހުގެ މެދުތެރެއިން ފެށިގެން ޕާކިސްތާނުގެ އެކި ހިސާބުތަކަށް ދަނީ ވަރަށް ބޯކޮށް ވާރޭ ވެހެމުންނެވެ. ފެން ބޮޑުވެ، ބިންގަނޑު ކަޑައިގެން ދިއުމުގެ އެކި ހާދިސާތައް މިހާރު ހިނގާފައިވާއިރު، ޕާކިސްތާނުގެ ހައިވޭތަކާއި ބްރިޖްތަކަށް ވެސް ވަރަށް ބޮޑަށް ވަނީ ގެއްލުން ވެފައެވެ.

މިގޮތުން މިހާތަނަށް 44 ބުރިޖެއް ވެއްޓިފައިވާއިރު، އާއްމު ދަތުރުފަތުރަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ.

ފެންބޮޑުވުމުގެ އެކި ހާދިސާތަކުގައި 6،500 ގެއެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ޕާކިސްތާނުގެ ކަމާ ގުޅޭ އިދާރާތަކުން ހާމަ ކުރެއެވެ.

ފެންބޮޑުވާ ހިސާބުތަކުން، ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޮންމެ އަހަރެއްގެ ޖޫން އިން ފެށިގެން ސެޕްޓެންބަރު މަހާއި ހަމައަށް ޕާކިސްތާނަށް ވަރަށް ބޯކޮށް ވިއްސާރަކުރެއެވެ. ނަމަވެސް މި އަހަރު އެހެން އަހަރުތަަށްވުރެ ބޯކޮށް ވަނީ ވިއްސާރަކޮށްފައެވެ.

މީހުން މަރުވުމުގެ ހާދިސާތައް ހިނގަނީ ޕާކިސްތާނުގެ ސަރުކާރުގެ އިހުމާލުން، ފެން ހިންދާ ނިޒާމުތައް ރަނގަޅު ނުކުރެވުމުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!