ޚަބަރު ސިޔާސީ

''ޤައުމުގެ ހާލަތު ގޯސްކަމުގައި ކޯލިޝަންގެ އެއް ލީޑަރު ގަބޫލު ކުރައްވައިފި''

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ޤައުމުގެ ހާލަތު ގޯސްކަމުގައި ކޯލިޝަންގެ އެއް ލީޑަރު ގަބޫލު ކުރައްވައިފިކަމަށް ޖަމްޢިއްޔަތުއްސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އައްޝައިޚް ޢަބްދުﷲ މިހެން ވިދާޅުވީ ރައީސްއަކަށް ހުންނަވާ ބޭފުޅަކީ ހެޔޮލަފާ ރަނގަޅު ބޭފުޅަކަށްވިޔަސް ސަރުކާރު ހިންގަވަން ތިއްބަވާ ގިނަ ބޭފުޅުން ރަނގަޅުވެގެން މެނުވީ ޤައުމު ރަނގަޅު ނުކުރެވޭނެ ކަމަށާއި, ސަރުކާރުގަ ތިއްބަވާ ގިނަ ބޭފުޅުން ރަނގަޅުވިޔަސް ރައީސް ރަނގަޅުވެގެން މެނުވީ ޤައުމު ރަނގަޅު ނުވާނެކަމަށް ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވުމާ ގުޅިގެންނެވެ.

ޝައިޚް ޢަބްދު ﷲ ވިދާޅުވީ ޓްވީޓުގައި ދެ ހާލަތެއް ބަޔާންކުރައްވާފައިވާ ކަމަށާއި ދެ ހާލަތުން ވެސް ދޭހަވާން އޮތީ ޤައުމުގެ ހާލަތު ގޯސްކަމުގައި ކޯލިޝަންގެ އެއް ލީޑަރު ޤަބޫލްކުރައްވައިފި ކަމަށެވެ.

މީގެ އިތުރުން ޝައިޚް ޢަބްދު ﷲ ވަނީ ސަރުކާރާއި ރައީސްގެ ހާލަތު ޗެކްކޮށްލެއްވުމަށްޓަކައި ފޯމިއުލާއެއް ޓުވީޓުގައި ހިމަނުއްވައިފައެވެ.

https://twitter.com/binjanaab/status/1551484815392014336?t=HJwJUUjFBBJriRbEpJMltA&s=19

އިމްރާންގެ ޓުވީޓާ ގުޅިގެން ޝައިޚް ޢަބް‏ދުﷲ ސައުދާން ވިދާޅުވީ އިމްރާން ވިދާޅުވީ ތެދު ވާހަކައެއް ކަމަށެވެ. އަދި އިމްރާން ކޯލިޝަން ހެއްދެވީ ނުބައި ޓީމަކާއެކު ކަމަށާއި އޭރު އެކަނި ނުކުންނެވިނަމަ ތާއީދު ލިބިވަޑައިގަތީސް ކަމަށެވެ.

''މަނިކުފާނު ކޯލިޝަން ހެދީ ނުބައި ޓީމަކާ. މަނިކުފާނު އެކަނި އޭރު ނުކުންނެވިނަމަ މަނިކުފާނަށް ތާއީދު އޮތީސް. އަދި ތިބުނާ ހެޔޮލަފާ މީހުން ލައިގެން ހިންގުނީސް. އެކަމު މަނިކުފާނު ކަން ކުރި ގޮތުން މިހާރު ޤައުމު މިވަނީ މި ހާލަތަށް ވެއްޓިފަ.'' ޝައިޚް ސައުދާން ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!