ޚަބަރު

15 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ޓީޗަރެއް ހައްޔަރު ކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ޓީޗަރެއް ހައްޔަރުކޮށްފިއެވެ.

Ads by STELCO

”ދެން” އަށް މައުލޫމާތުކޮށްފައިވާ ގޮތުގައި, 15 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކޮށްފައިވަނީ އިސްކަންދަރު ސްކޫލުގެ ޓީޗަރެކެވެ.

މި މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ މީޑީއާއިން ވިދާޅުވީ, ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 52 އަހަރުގެ އިންޑިއާ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މި ހިނގާ ޖުލައި މަހުގެ 12 ވަނަ ދުވަހު ކަމަށާއި ޝަރީއަތް ނިމެންދެން އެ މީހާ ބަންދުކޮށްފައިވާ ކަމަށެވެ.

  1. ސުމަން

    ކިހާ ބޮޑު ބލ އެއް.މިމީސްމިހުން ހައްޔަރުކޮށް ހައްގު ޢަދަބު ދޭން ޖެހޭ.ދުވަހަކު ވެސް މައްސަލަ ބެލި އެއިން މީހަކު ހައްޔަރު ކުރެވޭތަނެއް ނާދޭ.ފުލުހުންނަށް އެބައިނގޭ އަލަމްގިރި އަށް އުރުނު މީހުން .އެލަމަކުވެސް އެތިބެނީ.ވީޑިއޯއިން އާންމުންނަށް ފެނުނުމީހުންގެ އިތުރުން އެކަކުވެސް ފުލުހުންގެ ފަރާތުން އެނގިއްޖެއްޔާ ނަސީބު.

  2. މަރިޔަމް މޫސާ

    ބަންދަކު ނުބެހެއްޓޭނެ. ޝަރީޢަތެއް ވެސް ނުކުރެވޭނެ. ޖެހޭނީ ޢިއްޒަތުގައި އިންޑިއާއަށް ފޮނުވަން.

  3. އަހުމަދު ހުސައިން އަލީ

    މި ނޫހަކީ މާރިޔާ ހަދާ ދޮގުތައް އާންމުކޮށް ފިރިހެންކުޅި އިޝްތިހާރުކޮށް މާރިޔާ ޕްރޮމޯޓްކުރާ ނޫހެއްހެން ހާދަހާ ހީވެޔޭ.