ޚަބަރު ސިޔާސީ

ޔޯގާއަކީ އިސްލާމް ދީނުގައި މަނާކަމެއް ނޫން: ޙަސަން ލަޠީފް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޙަސަން ލަޠީފް. ފޮޓޯ: ވަން

ޔޯގާއަކީ އިސްލާމް ދީނުގައި މަނާކަމެއް ނޫންކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ލަޠީފް މިއަދު ވިދާޅުވީ ޔޯގާ އާއި އެއިރޯބިކްސް ފަދަ ކަސްރަތުތައް އެއީ ޤާނޫނުއަސާސީގައި ވެސް އަދި އެއްވެސް ޤާނޫނެއްގައި ވެސް މަނާކަންކަމެއް ނޫން ކަމަށެވެ. އަދި އަމުދުން އިސްލާމް ދީނުގައި ވެސް މަނާ ކަންކަމެއް ނޫން ކަމަށެވެ.

ލަޠީފް ވިދާޅުވީ އިސްލާމް ދީނުގައި ހަރާމް ނޫން ކަންކަން އެއީ ހަރާމް ކަންކަމަށް ހަދަން މަސައްކަތް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ލަޠީފް މިހެން ވިދާޅުވިއިރު 104 ޢިލްމުވެރިންގެ ފަރާތުން ޔޯގާގެ ޝަރުޢީ ޙުކުމް ބަޔާންކުރައްވައި ޢިލްމުވެރިންގެ ގުޅުމުން މިއަދު ޢާންމުކުރި ކަރުދާހުގައި ބުނެފައިވަނީ ޔޯގާއަކީ ހަރާމްކަމެއް ކަމަށެވެ. ޔޯގާގެ ޙުކުމާ ގުޅިގެން ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ޢާންމުކުރި ކަރުދާހުގައި ވެސް ވަނީ ޔޯގާއަކީ ޝިރުކު އެކުލެވިގެންވާ ކަމެއްކަމަށް ބުނެފައެވެ.

  1. އަބްދޫ

    އެހެން ދީންތަކުގެ މީހުން އަޅުކަމުގެގޮތުން ބޭނުންކުރާ އެއްވެސް ކަމެއްކުރުން މުްލިމުނނަހ ހަރަަމ. ޔޯގާ އަކީ ހިންދޫންގެ އަޅުކަމެއް.

  2. ސިޔާދު

    ދީނުގައި ހަރާމް ކަންކަމާއި ހަލާލް ކަންކަން ނިންމުމުގައި ހިޔާލު ތަފާތުވާނަމަ އެކަންކަން ނިންމާނީ ސިޔާސީ މީހުންނެއްނޫން. ދީން ކިޔަވައިގެންތިބި ދީނީ އިލްމުވެރިންގެ އިއްތިފާގުން ގިނަ ބަޔަކު އިއްތިފާގުވާގޮތަކަށް. ރީނދޫ ނޫނީ ފިޔާތޮށި ޓައި އަޅާމީހުނެއްނޫން.

  3. ހަސަން ކޮއިވެސް ފަތުވާ ނެރެން ފެށީތޯ ؟

  4. ފިރިހެން ކުޅިވެސް ބަޔެއް ޤައުމުތަކުގައި އޮވޭ !

  5. ހަސަނަ ފުޅު

    އަމާބަފާވެސް ވަކިނުވާ ބުރާންތީންވެސް ފަތުވާ ނެރެން ފަށައިފި

  6. ބޭބެ

    ހެޓަކަށް ތިބޯތަކެތި ވެސް ކަލޯއަށް ހަލާލެއްނު
    އަދި ލޮދިފުޅި އުނގުޅއިގެން އޮނުތެދުކުރުން ވެސް
    ހުއްދަ ވެގެން އެކަމުގެ އަމަލު ގަނޑުގަ އޮޑިފހަރު ގިރފަރަށް ވެސް އަރަނީތާ ! ކަލޯ ކިތަށްވަނައިގަ ތަ؟

  7. ލަތީިފޫ

    މި ޝައިޠާނަށް އެނގޭނީި..