އިސްލާމީ އަދި ޤާނޫނީ ދައުލަތެއްގައި އަމިއްލަ އަމިއްލައަކަށް ޙުކުމެއް ނުނެރެވޭނެ: ވައްޑެ

އިސްލާމީ އަދި ޤާނޫނީ ދައުލަތެއްގައި އަމިއްލަ އަމިއްލައަކަށް ޙުކުމެއް ނުނެރެވޭނެކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވައްޑެ މިއަދު ވިދާޅުވީ އިސްލާމީ އަދި ޤާނޫނީ ދައުލަތެއްގައި ޙުކުމްތައް ނެރޭނީ އެ ދައުލަތެއްގެ ރަސްމީ ނިޒާމުގެ ތެރެއިން ކަމަށެވެ. އަދި ޙުކުމްތައް ނެރޭނީ ވަކިވަކި ފަރުދުން އަމިއްލަ އަމިއްލައަކަށް ނޫން ކަމަށެވެ.
ވައްޑެ ވިދާޅުވީ ކޮންމެ މީހަކު ދައުލަތުގެ ނިޒާމުން ބޭރުން ކަންކަން ނިންމަން ފަށައިފިނަމަ ދައުލަތެއްގެ ބޭނުން ކެނޑި ހިނގައިދާނެ ކަމަށެވެ. އަދި ނިޒާމެއް ނެތް ތަނެއްގައި ހަމަޖެހުމެއް، ރައްކާތެރިކަމެއް، މިނިވަންކަމެއް ވެސް ނޯންނާނެކަމަށް ވައްޑެ ވިދާޅުވިއެވެ.
ވައްޑެ މިހެން ވިދާޅުވެފައި މިވަނީ ޔޯގާގެ ޙުކުމާ ގުޅިގެން ޢިލްމުވެރިން އެއީ ޙަރާމްކަމެއްކަމަށް ބަޔާންކޮށް ފަތުވާ ނެރެފައިވަނިކޮށެވެ. ނަމަވެސް ސިޔާސީ ބައެއް ބޭފުޅުން ޔޯގާގެ ޙުކުމާމެދު ދެކެވަޑައިގަންނަވާ ގޮތް ތަފާތެވެ. އެ ބޭފުޅުންގެ ނަޒަރުގައި އެއީ ޙަރާމްކަމެއް ނޫނެވެ.
މޑޕ މީހުން ގާނޫނަށާ ދީނަށްވެސް ހާދަމޮޅޭދޯ އެކަމަކުދެރައީ ބޭނުންވާކަމެއްވެއްޖެއްޔާ ގާނޫނުގެތެރެއަށްލާ ބޭނުން ނުވާކަމއް އޮތިއްޔާގާނޫނުން ކަޑާތި އަދި އެގިހުރެ ދީނާދެކޮޅަށް އުޅޭތި
އެމްޑީޕީގައި ހުސްތިބީ ފަތުވާ ނެރޭ މީހުން !
ވައްޑެއަކީ އެމްޑީޕީ މާއިނގޭ، އޭނައައް ނޭނގޭ ކަމެއް ނޯންނާނެ..ނަޝީދު ގުނބޯ ހައްދައިގެން ގެންގުޅޭ ސޮރެއް