ޚަބަރު ސަރުކާރު

އަންނަ ހޯމަ ދުވަހު ރައީސް އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފޮޓޯ: ރައީސް އޮފީސް

އަންނަ ހަފުތާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ފުރާވަޑައިގަންނަވަން ނިންމަވައިފިއެވެ.

Ads by MWSC

ރައީސް އޮފީހުން މިއަދު ބުނީ އިންޑިއާއަަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު ކަމަށެވެ.

މި ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި، ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި, ރާއްޖޭގެ ތަރައްޤީގައި ގުޅިގެން މަސައްކަތް ކުރުމާގުޅޭ ގޮތުން ދެ ޤައުމުގެ މަތީ ފަންތީގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާތައް ކުރައްވާނެ ކަމަށެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅު ނިންމަވައިލައްވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 04 ގައި ކަމަށެވެ.

  1. ތަރަތަރަ

    2023 ހުގެ ރިޔަަސީ އިންތިޚަބަށް މެމްބަރުނ ގަނެލާނެ ފައިސާ ހޯދަން.