އަންހެނުންނަށް ޙައްޤުތައް ހޯދައިދިނުމުގައި ޕާކިސްތާނު ފަހަތުން ދެވަނައިގައި

އަންހެނުންގެ ޙައްޤުތައް ކަށަވަރު ކުރުމާއި, ހަމަހަމަކަން ހޯދައިިނުމުގައި ޕާކިސްތާނަކީ ގޮތުން ދެވަނައަށް އެންމެ ގޯސް ގައުމު ކަމަށް ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް) އިން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.
ދުނިޔޭގެ ޖެންޑަރ ގެޕްއާ ގުޅޭ ގޮތުން ހެދި މި ރިޕޯޓުގައި 146 ގައުމެއް ބައިވެރިކޮށްފައިވާއިރު, ސާވޭއެއްގައި ޕާކިސްތާން އޮތީ 145 ވަނައިގައެވެ. ޕާކިސްތާނަށްވުރެ ގޯސްކޮށް ދެއްކީ ހަމައެކަނި އަފްޣާނިސްތާނެވެ.
ޕާކިސްތާނުގައި 107 މިލިއަން އަންހެނުން ދިރިއުޅެއެވެ.
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، އީރާން އަދި ޗާޑް އަކީ އެންމެ ގޯސް ފަސް ގައުމުގެ ތެރޭގައި ހިމެނުނު އިތުރު ތިން ގައުމެވެ. ޑަބްލިޔުއީއެފްގެ ރިޕޯޓުގައި ދުނިޔޭގައި އަންހެނުންނަށް އެންމެ ރަނގަޅު ގައުމަކީ އައިސްލޭންޑް ކަމަށާއި، ދެން އޮތީ ފިންލޭންޑް، ނޯވޭ، ނިއުޒީލެންޑް، އަދި ސްވިޑެން ކަމަށް ބުނެފައިވެއެވެ.
މި ސާވޭގައި ޤައުމުތައް ގިންތިކޮށްފައިވަނީ އަންހެނުންނާއި ފިރިހެނުންގެ މުސާރައިގެ ފަރަޤަށާއި ވަޒީފާ ހޯދުމުގައި ދިމާވާ ދަތިތަކަށް ބިނާކޮށެވެ.
ޕާކިސްތާނުގައި އަންހެނުންނަށް ދޭ މުސާރައިގެ މިންވަރު މިދިޔަ އަހަރަށްވުރެ މި އަހަރު މަތިވެފައިވީނަމަވެސް, ވަޒީފާއަށް ނަގާ އަންހެނުންގެ އަދަދު 1.9 އިންސައްތަ ވަނީ ދަށްވެފައެވެ