ލިވާތުކުރި މީހުން ހައްޔަރު ކުރުމުން އިމްރާން: ނިޒާމުގައި ހިމެނޭ އެންމެން ﷲ އަށް ބިރުވެތިވެ، ޒިންމާ އަދާ ކުރަން ޖެހޭ
މުޑުދާރު އަމަލު ހިންގާ މީހުންނަށް ފިޔަވަޅު އަޅަން ފުލުހުން ފަސްނުޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ފުޅާދާއިރާއެއްގައި ލިވާތު ކުރަމުންއައި ބަންގަލަދޭޝްގެ އަލަމްގިރިއާއި އޭނާއާއެކު އެކަން ކުރަމުން އައި ދެ މީހަކު ހައްޔަރުކޮށްފައިވަނިކޮށެވެ. މިކަމިގައި ޝާމިލްވާ އިތުރު މީހުން ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އިމްރާން ވިދާޅުވީ މުޑުދާރު އަމަލު ހިންގާ މީހުންނަށް ގާނޫނުގައިވާ ފިޔަވަޅުތައް އެޅުމަށް ފުލުހުން ފަސް ނުޖެހޭނެކަން ކަށަވަރުކޮށް އަރުވާ ކަމަށެވެ. ނަމަވެސް ޖިނާއީ އަދުލު ހިންގުމަކީ ހަމައެކަނި ފުލުހުންގެ އަތްމަތީގައި އޮތް ކަމެއް ނޫންކަން ފާހަގަކުރައްވާ އިމްރާން ވަނީ ނިޒާމުގައި ހިމެނޭ އެންމެން މާތްﷲ އަށް ބިރުވެތިވެ ފުރިހަމަ ޒިންމާ އަދާކުރަން ގޮވާލާފަ އެވެ.
އަލަމްގީރް މައްސަލާއާ ގުޅިގެން މިއަދު އެންމެ ފުރަތަމަ ހައްޔަރުކޮށްފައި ވަނީ މުހައްމަދު ނަޝީދު (ކާނަލް) އެވެ. އޭނާ ހައްޔަރުކުރުމަށް ފަހު މިއަދު އިތުރު ބަޔަކު ވެސް ހައްޔަރުކުރަން ފުލުހުން އަންނަނީ އޮޕަރޭޝަނެއް ހިންގަމުންނެވެ.
އަލަމްގީރް، 25، އާ އެކީ ގުޅުން ހިންގި މީހުންގެ ބައެއް ވީޑިއޯތައް ލީކްކޮށްފައިވާ އިރު، އޭގެ ތެރޭގައި މިހާތަނަށް ހިމެނެނީ ހަތަރު ވީޑިއޯއެކެވެ. އެއީ ކާނަލް ފެންނަ ވީޑިއޯއަކާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ފެންނަ ވީޑިއޯއަކާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީގެ ދަރިފުޅު އައްފާން އަބްދުއްސައްތާރުގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް (ޑިއީޑީ) ގައި ކުރިން މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު އެެވެ.
އަލަމްގީރާ އެކީ ގުޅުން ހިންގި މީހުން ހައްޔަރުކުރަން ފެށި އިރު، އޭނާ މި މަހުގެ 12 ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މި މައްސަލަ ފެންމަތިވީ މިދިޔަ މަހުގެ ތެރޭގަ އެވެ. އަޑު އަރާފައިވާ ގޮތުން އަލަމްގީރާ އެކީ 250 އެއްހާ މީހުން ގުޅުން ހިންގާފައިވެ އެވެ.
الله ގެ ދީނަށް ނަޞްރު ދެއްވާށި.